ކާށިދޫ ދާއިރާގެ މެމްނަރު އަބްދުﷲ ޖާބިރުގެ ޕާސްޕޯޓު ހިފަހައްޓައިފި އެވެ.
ޖާބިރުގެ ޕާސްޕޯޓު ހިފެހެއްޓިކަން އިމިގްރޭޝަން ކޮންޓްރޯލަރު މުހައްމަދު އަހުމަދު ހުސައިން (ހަނަފީ) މީޑިއާގައި ވަނީ ކަށަވަރު ކޮށްދެއްވާފަ އެވެ. އެކަމަކު އިތުރު ތަފްސީލް ދެއްވާފައެއް ނުވެ އެވެ.
ޖާބިރުގެ ޕާސްޕޯޓު ހިފެހެއްޓީ ކޯޓު އަމުރެއް ނެރުމުންނެވެ.
ޖާބިރު މިއަދު ވަނީ ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ މައި ގޭޓު ކައިރީ އޮށޯވެ އޮވެގެން އިހްތިޖާޖު ކޮށްފައި އެވެ.
އޭނާ އެތަނުގައި އޮވެގެން އަޑުގަދަ ކުރެއްވި ނަމަވެސް ސޯޝަލް މީޑިއާގައި އާންމުވި ވީޑިއޯގައި ޖާބިރު ވިދާޅުވަމުން ގެންދެވި އެއްޗެއް ސާފެއް ނުވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް