ފުވައްމުލަކު ސިޓީން ކޯވިޑް-19 ޖެހިގެން މީހަކު ނިޔާވެއްޖެ އެވެ.
އެޗްޕީއޭއިން އެމީހާ ނިޔާވީ އުމުރުން94 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. އެމީހާ ނިޔާވީ މިއަދު ހެނދުނު9:00 ގައި އެވެ.
އެމިހާ އަކީ މިއަދު ހެނދުނު ފުވައްމުލަކު ސިޓީގައި ހުންނަ ޏ. ފުވައްމުލަކު އަތޮޅު ހޮސްޕިޓަލަށް ގެންދެވުނު މީހެއް ކަމަށް އެޗްޕީއޭއިން މައުލޫމާތުދެ އެވެ.
މިއީ ރާއްޖެއިން ކޯވިޑްގައި މަރުވި 222 ވަނަ މީހާ އެވެ.
އެންމެ ފަހުން ކޯވިޑް ޖެހިގެން މަރުވި ދެމީހުންނަކީ ރ. ދުވާފަރުން މަރުވި ދެމީހުންނެވެ.
ކޯވިޑް ޖެހިގެން އެންމެ ގިނަ މީހުން މަރުވެފައިވަނީ މެއި މަހު އެވެ. އެ މަހު 60 އަށްވުރެ ގިނަ މީހުން ކޯވިޑް ބަލީގައި މަރުވެފައިވެ އެވެ.ެ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް