ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ބޮން ގޮއްވާލި މައްސަލައިގަ ހަތަރު މީހަކަށް ދައުވާ ކޮށްފި އެވެ.
ނަޝީދަށް އަމާޒުކޮށް ބޮން ގޮއްވާލީ މިދިޔަ މެއި މަހުގެ ހަވަނަ ދުވަހުގެ ރޭ އެވެ. އެ ހަމަލާ އާއި ގުޅިގެން މިހާރު ފުލުހުންގެ ބަންދުގައި10 މީހުން ތިބި އިރު އޭގެ ތެރެއިން ފަސް މީހަކަށް ދައުވާ ކޮށްދިނުމަށް ފުލުހުން ވަނީ ޕީޖީގައި އެދިފަ އެވެ.
ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އެ ފަސް މީހުންގެ ތެރެއިން ހަތަރު މީހަކަށް ދައުވާކޮށް، ޕީޖީ އޮފީހުން މައްސަލަ ކްރިމިނަލް ކޯޓަށް ފޮނުވާފައިވާ ކަމަށެވެ. ސީޕީ ހަމީދު ވަނީ ފުލުހުން މި މައްސަލަ ތަހުގީގު ކުރުމަށް ކުރިބުރަ މަސައްކަތަށް ތައުރީފު ކުރައްވާފަ އެވެ.
https://twitter.com/M_Hameedh/status/1422456356460662785
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް