އިދިކޮޅު ކޯލިޝަނުން ފަށާފައިވާ “މިނިވަން ކަމުގެ ދިފާއުގައި ދިވެހިން” ކެމްޕެއިންގައި ބައިވެރި ނުވާން އެމްއާރުއެމްއިން ނިންމައިފި އެވެ.
އިދިކޮޅު ޕީޕީއެމް ޕީއެންސީ ކޯލިޝަނުން އެ ކެމްޕެއިންގައި ބައިވެރުވުމުގެ ދައުވަތު ދީފައިވަނީ އެމްއާރުއެމްގެ އިތުރުން އެމްޑީއޭ އާއި ޖޭޕީގެ އިތުރުން އަދާލަތު ޕާޓީއަށެވެ. މީގެ ތެރެއިން ޖޭޕީ އާއި އަދާލަތުން ވަނީ އެ ދައުވަތު ގަބޫލު ނުކުރާ ކަމަށް ކުރިން ބުނެފަ އެވެ.
އެމްއާރުއެމްއިން މަޝްވަރާ ކުރުމަށް ފަހު މިއަދު ބުނީ އެ ޕާޓީ އަކީ މިހާރު އޮތް ސަރުކާރު ކޯލިޝަންގައި ހިމެނޭ ޕާޓީއެއް ކަމަށެވެ. އެހެން ކަމުން ސަރުކާރު ކޯލިޝަނުން ވަކިވެގެން ގައުމުގެ މަސްލަހަތު ގެއްލޭ ފަދަ އެއްވެސް ކަމަކަށް ތާއީދުކޮށް އެފަދަ ކަމެއްގައި ބައިވެރިވާން ބޭނުން ނުވާ ކަމަށެވެ.
އެ ޕާޓީން ބުނީ އިދިކޮޅު ކޯލިޝަން މިހާޜު މި ޖަވާބު ފޮނުވާފައިވާ ކަމަށެވެ.
އިދިކޮޅުގެ ދައުވަތަށް މިހާރު ޖަވާބު ނުދެނީ އެމްޑީއޭއިންނެވެ. އެ ޕާޓީއަކީ ކޯލިޝަންގައި ހިމެނޭ ޕާޓީއެއް ނޫނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް