ނޫމަޑި މައްސަލައިގަ ވަކީލަކު އައްޔަން ކުރަން މުއިއްޒުއަށް 10 ދުވަސް

މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާގައި ދިފާއީ ވަކީލެއް އައްޔަން ކުރުމަށް ކްރިމިނަލް ކޯޓުން މިއަދު ފުރުސަތު ދީފި އެވެ. ޑރ. މުއިއްޒުގެ މައްޗަށް ދައުވާ އ...

03 Aug 2021 | 06:42

މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާގައި ދިފާއީ ވަކީލެއް އައްޔަން ކުރުމަށް ކްރިމިނަލް ކޯޓުން މިއަދު ފުރުސަތު ދީފި އެވެ.

ޑރ. މުއިއްޒުގެ މައްޗަށް ދައުވާ އުފުލީ ދޮގު ބަޔާން ދެއްވި ކަމަށް ބުނާ މައްސަލައިގައިއެވެ. އެއީ އޭނާ ހައުސިން މިނިސްޓަރަކަށް ހުންނެވިއިރު، ނޫމަޑި ކުންފުންޏާ އެކު ސަރުކާރުން ހެދި އެއްބަސްވުން ބާތިލް ކުރުމުން ނޫމަޑިން 155 މިލިއަން ޑޮލަރު ހޯދަން ސަރުކާރާ ދެކޮޅަށް އާބިޓްރޭޝަނަށް ހުށަހެޅި މައްސަލާގައި ނެދަލޭންޑްސްގައިި ހުންނަ ދަ ހޭގްގެ ޕާމަނަންޓް ކޯޓް އޮފް އާބިޓްރޭޝަންގައި ނޫމަޑީގެ ހެކިވެރިއެއްގެ ގޮތުގައި ދޮޮގު ބަޔާނެއް ދެއްވި ކަމަށް ބުނެ އެވެ.

އެ މައްސަލައިގަ މިއަދު ޝަރީއަތް ކުރިޔަށް ގެންގޮސްފައިވަނީ 10:30 ގައި އެވެ. އަޑުއެހުމުގައި ދައުވާގެ ލިޔެކިޔުން ލިބިފައިވޭތޯ ގާޒީ ސުވާލު ކުރެއްވުމުން މުއިއްޒު ވަނީ ވަކީލަކު އައްޔަން ކޮށްގެން ނޫނީ އެކަމަށް ޖަވާބެއް ދެވެން ނެތް ކަމަށް ވިދާޅުވެ ފައެވެ.

އަދި ގާނޫނު ތަންދޭ އެންމެ ދިގު މުއްދަތަތެއް ދިނުމަށް މުއިއްޒު އެދިވަޑައިގެންނެވި އެވެ. އެކަމަށް ދައުލަތުން އިއުތިރާޒު ނުކުރުމުން ގާޒީ ވަނީ10 ދުވަހުގެ މުއްދަތެއް ވަކީލަކު އައްޔަން ކުރަން ދެއްވާފަ އެވެ،

މުއިއްޒަށް ކުރާ ދައުވާ ސާބިތުވެއްޖެ ނަމަ އަންނާނެ އަސާސީ އަދަބަކީ ހަތަރު މަހާއި 24 ދުވަހަށް ޖަލަށް ލުމެވެ. ނަމަވެސް އެއަށް ވުރެ އަދަބު ބޮޑުވުމުގެ ނުވަތަ ކުޑަވުމުގެ ފުރުސަތު ވެސް އޮންނާނެ އެވެ.

އާބިޓްރޭޝަނަށް މުއިއްޒު ބަޔާން ދެއްވި މައްސަލާގައި މީގެ ކުރިން އޭނާ ރައްޔިތުންގެ މަޖިލީހަށް ވެސް ހާޒިރުކޮށް ސުވާލުކުރި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް