25 ގައުމެއްގެ ރައްޔިތުންނަށް ޓެސްޓު ނުހަދާ ރާއްޖޭގެ ލައިސެންސް ލިބޭގޮތް ހަދައިފި

25 ގައުމެއްގެ ރައްޔިތުންނަށް ޓެސްޓު ނުހަދައި ރާއްޖޭގެ އެއްގަމު އުޅަނދު ދުއްވުމުގެ ލައިސެންސް ލިބޭގޮތް ހަދައިފި އެވެ. ޓްރާންސްޕޯޓު އޮތޯރިޓީން ކުރި އިއުލާނެއްގައި ބުނެފައިވަނީ އެ މިނިސްޓްރީން ގަބޫލުކުރާ...

03 Aug 2021 | 05:57

25 ގައުމެއްގެ ރައްޔިތުންނަށް ޓެސްޓު ނުހަދައި ރާއްޖޭގެ އެއްގަމު އުޅަނދު ދުއްވުމުގެ ލައިސެންސް ލިބޭގޮތް ހަދައިފި އެވެ.

ޓްރާންސްޕޯޓު އޮތޯރިޓީން ކުރި އިއުލާނެއްގައި ބުނެފައިވަނީ އެ މިނިސްޓްރީން ގަބޫލުކުރާ ގައުމުތަކުން ދޫކޮށްފައިވާ އެއްގަމު އުޅަނދު ދުއްވުމުގެ ލައިސެންސެއް އޮތް މީހުންނަށް އެއްވެސް ޓެސްޓެއް ހެދުމަކާއި ނުލައި ދާއިމީ ލައިސެންސް ދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ.

އެ ގައުމުތައް ކަނޑައެޅި ގޮތެއް ހާމައެއް ނުކުރެ އެވެ.

އިއުލާނުގައި ބުނީ މިގޮތަށް ހަމަޖެއްސީ އެއްގަމު ދަތުރުފަތުރުގެ ޤާނޫނަށް އެންމެ ފަހުން ގެނައި އިސްލާޙާއެކު، އެ ޤާނޫނުގެ 33 ވަނަ މާއްދާގެ (ނ) ގެ ދަށުން، އެމާއްދާގެ (ހ) ގައި ބަޔާންކުރާ އިމްތިހާން ހެދުމަކާއި ނުލައި ދާއިމީ ލައިސެންސް ދިނުމަށް ޓްރާންސްޕޯޓް މިނިސްޓްރީއަށް ލިބިދީފައިވާ އިޚްތިޔާރުގެ ދަށުން ކަމަށެވެ.

މި ގާނޫނުގެ ދަށުން އެ މިނިސްޓްރީން ލިސްޓުގައި ހިމަނާފައިވާ ގައުމުތަކަކީ އަފްޣާނިސްތާން، ބޫޓާން، އިންޑިޔާ، ނޭޕާލް، ޕާކިސްތާން، ސްރީލަންކާ، ބުރުނައީ، ކެމްބޯޑިއާ، އިންޑޮނީޝިއާ، ލާއޯސް، މެލޭޝިއާ، މިޔަންމާ، ފިލިޕީންސް، ސިންގަޕޫރު، ތައިލެންޑް، ވިއެޓްނާމް، ޖަޕާން، އިނގިރޭސިވިލާތް، އެމެރިކާ، ޗައިނާ، ޔުނައިޓެޑް އެރެބް އެމިރެޓްސް، ސްވިޓްޒާލޭންޑް، ސައުދީ އަރަބިއްޔާ، ބެލްޖިއަމް އަދި ޖަރުމަންވިލާތެވެ.

އެކަމަކު ރާއްޖޭގައި އެންމެ ގިނަ ބިދޭސީން އުޅޭ ބަންގްލަދޭޝް ރައްޔިތުން ޓެސްޓް ނުހަދައި ލައިސެންސް ލިބޭ ގައުމުތަކުގެ ތެރޭގައި ނުހިމެނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް