ވެލާނާގެއާއި އޮލިމްޕަސް ރަހުނުކުރާ ވާހަކަ ދޮގުކޮށްފި

ދިވެހި ސަރުކާރުން ލޯނުތަކެއް ނަގަން ވެލާނާގެ އާއި އޮލިމްޕަސް ރަހުނުކުރަން އުޅޭ ކަމަށް ދެކެވޭ ވާހަކަ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ދޮގުކުރައްވައިފިއެވެ. އެ ދެ އިމާރާތުގެ ބިން ރަހުނުކުރުމަށް ކުރ...

03 Aug 2021 | 05:47

ދިވެހި ސަރުކާރުން ލޯނުތަކެއް ނަގަން ވެލާނާގެ އާއި އޮލިމްޕަސް ރަހުނުކުރަން އުޅޭ ކަމަށް ދެކެވޭ ވާހަކަ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ދޮގުކުރައްވައިފިއެވެ.

އެ ދެ އިމާރާތުގެ ބިން ރަހުނުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ނިިމިފައިވާ ކަމަށް ފިނޭންސްގެ އިސް އޮފިޝަލަކާއި ހަވާލާދީ ބައެއް އޮންލައިން ނޫސްތަޖުން ވަނީ ރިޕޯޓްކޮށްފައެވެ. އެކި މުއައްސަސާތަކުން ހޯދަން ޖެހޭ މައުލޫމާތު ހޯދުމަށްޓަކައި ކަމާއި ގުޅުންހުރި އިދާރާތަކުން ހޯދަން ޖެހޭ ލިޔުން ހޯދުމުގެ މަސައްކަތް ކުރަމުންދާނެ ކަމަށްވެސް ރިޕޯޓްކޮށްފައިވއެވެ.

ނަމަވެސް ފިނޭންސް މިނިސްޓަރު މީޑިއާއަށް ވިދާޅުވީ، އެއްވެސް އިމާރާތެއް ރަހުނު ކުރަން ނިންމާފައިނުވާ ކަމަށެވެ. އަދި މިނިސްޓަރު ވިދާޅުވީ އެފަދަ ކަންތައް ހިނގާ ގޮތް ފިނޭންސްގެ މުވައްޒަފުންނަށް މާ ރަނގަޅަށްވެސް އެނގޭނެ ކަމަށެވެ.

ވެލާނާގެ އާއި އޮލިމްޕަސް ރަހުނު ކުރަން އުޅޭ ވާހަކަ މިނިސްޓަރު ދޮގު ކުރި އިރު ދަރުމަވަންތަ ހޮސްޕިޓަލް އިމާރާތް ރަހުނު ކުރަން އުޅޭކަމަށް ފުރަތަމަ އަޑު ފެތުރުމުން އެކަން ވެސް ފިނޭންސް މިނިސްޓްރީން ދޮގު ކުރިއެވެ.

ނަމަވެސް ފަހުން ވަނީ ދަރުމަވަންތަ ހޮސްޕިޓަލް އެސެޓަކަށް ބޭނުންކޮށްގެން، ބޭރަށް ވިއްކި ސުކޫކުން 100 މިލިއަން ޑޮލަރު (1.5 ބިލިއަން ރުފިޔާ) ހޯދާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް