އިދިކޮޅުން ފެށި ކެމްޕެއިންގައި ބައިވެރިވުމާއި މެދު އެމްއާރުއެމްއިން މިއަދު ގޮތެއް ނިންމަނީ

އިދިކޮޅު ޕީޕީއެމް ޕީއެންސީ ފަށާފައިވާ "މިނިވަން ކަމުގެ ދިފާއުގައި ދިވެހިން" ކެމްޕެއިންގައި ބައިވެރިވުމާއި މެދު ސަރުކާރު ކޯލިޝަންގައި ހިމެނޭ އެމްއާރުއެމްއިން މިއަދު ގޮތެން ނިންމާނެ ކަމަށް އެ ޕާޓީން ބުނ...

03 Aug 2021 | 05:42

އިދިކޮޅު ޕީޕީއެމް ޕީއެންސީ ފަށާފައިވާ "މިނިވަން ކަމުގެ ދިފާއުގައި ދިވެހިން" ކެމްޕެއިންގައި ބައިވެރިވުމާއި މެދު ސަރުކާރު ކޯލިޝަންގައި ހިމެނޭ އެމްއާރުއެމްއިން މިއަދު ގޮތެން ނިންމާނެ ކަމަށް އެ ޕާޓީން ބުނެފި އެވެ.

އެމްއާރުއެމްއިން ބުނީ ރަސްމީކޮށް އިދިކޮޅުގެ ދައުވަތު އެ ޕާޓީއަށް ލިބިފައިވާ ކަމަށެވެ. އަދި މިއަދު އެކަމާއި ގުޅޭގޮތުން މަޝްވަރާ ކުރުމަށް ފަހު ގޮތެއް ނިންމާނެ ކަމަށެވެ.

ޕީޕީއެމް ކޯލިޝަނުން އެ ކެމްޕެއިންގައި ބައިވެރިވުމުގެ ދައުވަތު ފޮނުވާފައިވަނީ އަދާލަތު ޕާޓީ، ޖޭޕީ އަދި އެމްއާރުއެމްގެ އިތުރުން އެމްޑީއޭ އަށެވެ. އެމްޑީއޭ ފިޔަވަހާ އިދިކޮޅުން ދައުވަތު ފޮނުވާފައިވާ އަނެއް ތިން ޕާޓީއަކީ ސަރުކާރު ކޯލިޝަންގައި ހިމެނޭ ޕާޓީތަކެވެ.

މީގެ ތެރެއިން ޖޭޕީ އާއި އަދާލަތުން ވަނީ އެ ދައުވަތު ގަބޫލު ނުކުރާ ކަމަށް ބުނެފަ އެވެ.

ސަރުކާރު ހިންގާ ކޯލިޝަންގައި ހިމެނޭ ޕާޓީތަކުގެ ލީޑަރުން ވެސް ހިމެނޭ ގޮތަށް އިދިކޮޅު ޕީޕީއެމް ޕީއެންސީގެ ހަރަކާތެއްގައި ބައިވެރިވާން ދައުވަތު ދިން އިރު، މި ހަރަކާތަކީ އިންޑިއާގެ އަސްކަރީ ނުފޫޒުތައް ރާއްޖެއަށް އަންނަ ކަމަށް ބުނެ ފަށާފައިވާ ހަރަކާތެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް