އައިޓީއީސީ އިން އޭޖީ އޮފީހަށް ތަމްރީން ޕްރޮގްރާމްތަކެއް ހިންގައިދެނީ

އިންޑިއަން ޓެކްނިކަލް އެންޑް އިކޮނޮމިކް ކޯޕަރޭޝަން (އައިޓީއީސީ) ގެ ފަރާތުން އޮޑިޓަ ޖެނެރަލްގެ އޮފީހަށް ހާއްސަ ތަމްރީން ޕްރޮގްރާމްތަކެއް ފަށައިފިއެވެ. ފައިނޭންޝަލް އޮޑިޓްއަށް އާމާޒުކޮށް ހިންގޭ މި އޮންލ...

03 Aug 2021 | 04:58

އިންޑިއަން ޓެކްނިކަލް އެންޑް އިކޮނޮމިކް ކޯޕަރޭޝަން (އައިޓީއީސީ) ގެ ފަރާތުން އޮޑިޓަ ޖެނެރަލްގެ އޮފީހަށް ހާއްސަ ތަމްރީން ޕްރޮގްރާމްތަކެއް ފަށައިފިއެވެ.

ފައިނޭންޝަލް އޮޑިޓްއަށް އާމާޒުކޮށް ހިންގޭ މި އޮންލައިން ޕްރޮގްރާމްގައި އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ 20 މުވައްޒަފުން ބައިވެރިވެއެވެ.

އިންޓަނޭޝަނަލް ސެންޓަރ ފޯ އިންފޮމޭޝަން ސިސްޓެމް އެންޑް އޮޑިޓް (އައިސީއައިއެސްއޭ) އާއި އިންޓަނެޝަނަލް ޓްރެއިނިންގް ސެންޓަރ އޮފް ދަ ކޮމްޕްޓްރޯލަރ އެންޑް އޯޑިޓަރ ޖެނެރަލް (ސީއޭޖީ) އޮފް އިންޑިއާ އަކީ އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ އެދުމުގެ މަތިން ތަމްރީނު ޕްރޮގްރާމްތައް ރާވައި ހިންގާ އިސް އޭޖެންސީއެވެ.

އިންޑިއާ ހައި ކޮމިޝަނުން ނެރުނު ބަޔާނެއްގައި ވަނީ ކޯހުގެ ތާވަލް އާއި ކިޔަވައިދޭ ބައިތައް ނިންމުމުގައި ބައިވެރިންގެ މަސައްކަތުގެ މާހައުލަށް އެކަށޭނަ ގޮތަށް ބައްޓަން ކުރެވިފައިވާ ކަމަށެވެ.

މި ތަމްރީންތައް ތައްޔާރު ކުރެވިފައި ވަނީ ފައިނޭންޝަލް އޮޑިޓްއިން އެސްއޭޕީ/އީއާރްޕީ އެންވިރޮމެންޓްއަށް ހާއްސަ ސަމާލުކަމެއްދީގެން ކަމަށް ވެސް އެ ބަޔާނުގައިވެއެވެ. މިހާރު ކުރިއަށްދާ ތަމްރީނު ޕްރޮގްރާމް ތަކުގައި ޓުއަރިޒްމް، ޝިޕިން، އޭވިއޭޝަންް އަދި ފައިނޭންޝަލް އިންސްޓިޓިއުޝަަންފަދަ ތަންތަނުގެ ކޭސް ސްޓަޑީ ބޭނުންކުރެއެވެ.

އިންޑިއާ ސަރުކާރުގެ އެހީގައި 18-20 އޮފިސަރުން ވަނީ މާޗު މަހުގައި ބޭއްވި ތަމްރީނު ޕްރޮގްރާމް ފުރިހަމަ ކޮށްފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް