އިދިކޮޅު ފަރާތްތަކުން ހަސަދަވެރިވާހާ ރައީސް ޞާލިޙް ވެރިކަންކުރަން މޮޅު: މައުސޫމް

އިދިކޮޅު ފަރާތްތަކުން ހަސަދަވެރިވާހާ ރައީސް ޞާލިޙް ވެރިކަންކުރަން މޮޅު ކަމަށް ފަތުރުވެރިކަމާ ބެހޭ ވަޒީރު ޑރ. އަބްދު ﷲ މައުސޫމް ވިދާޅުވެއްޖެއެވެ. މައުސޫމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އިދިކޮޅު ޕާޓީީގ...

03 Aug 2021 | 04:46

އިދިކޮޅު ފަރާތްތަކުން ހަސަދަވެރިވާހާ ރައީސް ޞާލިޙް ވެރިކަންކުރަން މޮޅު ކަމަށް ފަތުރުވެރިކަމާ ބެހޭ ވަޒީރު ޑރ. އަބްދު ﷲ މައުސޫމް ވިދާޅުވެއްޖެއެވެ.

މައުސޫމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އިދިކޮޅު ޕާޓީީގެ ބައެއް އިސް ބޭފުޅުން "ނާވާދަވެރި" ގޮތަކަށް ބަސް ވިދާޅުވުމުން ދޭހަވަނީ އިންތިޚާބު އިއުލާނުކުރުމުގެ މާކުރިން އިދިކޮޅު ފަރާތްތަކުން ބަލި ގަބޫލު ކޮށްފިކަން ކަމަށެވެ.

މައުސޫމް ވިދާޅުވީ ކޮވިޑް-19ގެ ތެރޭގައި ރައީސް ޞާލިޙް ގައުމު ހިންގަވަމުން އެ ގެންދަވަނީ އިދިކޮޅު ފަރާތްތަކުން ޖޭ ވާހާ މޮޅަށް ކަމަށެވެ.

https://twitter.com/Mausoom_Maus/status/1422256800414330881

"ރައީސް ޞާލިޙް ހަމަ މޮޅީ. އިކޮނަމީ ފުލުގަޖައްސާލި ކޮވިޑް ތެރޭވެސް ގައުމު ހިންގަމުން އެ ގެންދަވަނީ އެއުރެން ޖޭ ވާހާ މޮޅަށް." މައުސޫމް ވިދާޅުވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް