ރ. އުނގޫފާރު މަގު ހެދުމުގެ މަޝްރޫއުގެ ބޮޑުބައެއް ނިންމާލައިފި އެވެ.
އެމްޓީސީސީ އިން ބުނީ، ރ. އުނގޫފާރު މަގުހެދުމުގެ މަޝްރޫޢުގެ މަސައްކަތުގެ 85 ޕަސެންޓް ނިމިއްޖެ ކަމަށެވެ.
މި މަޝްރޫޢުގެ ދަށުން، ދުއްވާ ސަރަޙައްދުގެ ސަބްގްރޭޑް މަސައްކަތްތައް ވަނީ ނިމިފައި. އަދި އޭބީސީ ފަށަލަ އެޅުމުގެ މަސައްކަތުގެ 95 ޕަސެންޓް ވަނީ ނިމިފައެވެ.
މި މަޝްރޫޢުގެ ދަށުން، 16،488 އަކަ މީޓަރުގެ ސަރަޙައްދެއްގައި ތާރުއެޅުމާއި، 16،488 އަކަ މީޓަރުގެ ސަރަޙައްދެއްގައި އޭބީސީ ފަށަލަ އެޅުމާއި، 16،488 އަކަ މީޓަރުގެ ސަރަޙައްދެއްގައި ސަބްގްރޭޑް މަސައްކަތް ކުރުމާއި، ފެންހިންދާ ނިޒާމެއް ޤާއިމުކުރުމުގެ މަސައްކަތް ހިމެނެއެވެ.
މި މަޝްރޫޢަކީ 28.02 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް