ކުށުގެ ތުހުމަތުގައި ބަންދުގައި ތިބޭ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ޖަލްސާއަށް ހާޒިރު ކުރަން ޖެހޭ ކަަމަށް އިމްތިޔާޒު ގާނޫނުގައި ކަނޑައަޅާފައިވާ މާއްދާ ސުޕްރީމް ކޯޓުން ބާތިލް ކޮށްފައިވާ ކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ބުނެފި އެވެ.
ކަރެކްޝަނަލް ސާވިސް އިން މިހެން ބުނެފައިވަނީ މާފުށީ ޖަލުގައި ހުންނެވި ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެންބަރު ފާރިސް މައުމޫން މަޖިލީހުގެ ޖަލްސާއަށް ހާޒިރު ނުކޮށްދޭ މައްސަލައިގަ އެ އިދާރާއަށް އަމާޒުވަމުންދާ ފާޑު ކިޔުންތަކާއި ގުޅިގެން މިއަދު ނެރުނު ބަޔާނެއްގައި އެވެ.
އެ ބަޔާނުގައި ބުނެފައިވަނީ ކަރެކްޝަންސް އިން އަމަލު ކުރަނީ ޖަލުތަކާއި ޕެރޯލްގެ ގާނޫނުގެ ދަށުން އެ އިދާރާ އިން ހަދާފައިވާ ގަވާއިދަކަށް ކަމަށް އެ ބަޔާނުގައިވެ އެވެ.
އެ ބަޔާނުގައި ބުނެފައިވަނީ ކަންކަމުގެ އަސްލު އުޅޭ ގޮތަށް މައުލޫމާތު ނުފެތުރުމަށް އިލްތިމާސް ކުރާ ކަމަށެވެ. ސުޕްރީމް ކޯޓުން އެ މާއްދާ އުވާލުމުން މެންބަރުން މަޖިލީހަށް ހާޒިރު ކޮށްދޭން ނުޖެހޭނެ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް