ހުޅުލެއަށް އާންމުކޮށް އުޅަނދު ފަހަރު ވަންނަ ނެރު ބަންދު ކުރަނީ

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީ ކުރުމުގެ ގޮތުން އާ ޓާމިނަލް އަޅަން ހިއްކާފައިވާ ސަރަހައްދުގައި ޝީޓް ޕައިލް ޖެހުމުގެ މަސައްކަތަށް ހުޅުލޭ ހުޅަނގު ދެކުނު ނެރު އާދިއްތަ ދުވަހުން ފެށިގެން ވަގުތީގޮތ...

03 Aug 2017 | 09:38

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީ ކުރުމުގެ ގޮތުން އާ ޓާމިނަލް އަޅަން ހިއްކާފައިވާ ސަރަހައްދުގައި ޝީޓް ޕައިލް ޖެހުމުގެ މަސައްކަތަށް ހުޅުލޭ ހުޅަނގު ދެކުނު ނެރު އާދިއްތަ ދުވަހުން ފެށިގެން ވަގުތީގޮތުން ބަންދުކުރަން ނިންމައިފި އެވެ.

އެ ނެރަކީ އާންމުކޮށް އުޅަނދު ފަހަރު ވަންނަ ނެރެވެ. މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ބުނީ މަސައްކަތް ނިމެން އެ ނެރު ބަންދު ކުރަން ނިންމާފައިވަނީ އާދިއްތަ ދުވަހުން ފެށިގެން މިމަހުގެ 16 ވަނަ ދުވަހުގެ ނިޔަލަށް ކަމަށެވެ.

އެ މުއްދަތުގައި ހުޅުލެއަށް ވަންނަ ނެރުގެ ގޮތުގައި ހަމަޖައްސާފައިވަނީ ހުޅުލޭ އައިލެންޑް ހޮޓާ ކައިރިން ވަންނަން ހަދާފައިވާ ނެރުންނެވެ. އަދި ހުޅުލެއިން ނިކުންނަ އުޅަނދުތައް ބޭނުންކުރުމަށް ހަމަޖެހިފައި ވަނީ މެދަށް އޮންނަ ނެރެވެ.

އެމްއޭސީއެލްއިން މިއަދު ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ހުޅުލޭ ހުޅަނގު ދެކުނު ނެރަކީ ކަނޑު އުޅަނދުފަހަރު ދަތުރުކުރުން ގިނަ ސަރަހައްދެއް ކަމުން ފަސިންޖަރުންގެ ރައްކާތެރިކަމަށް ޓަކައި އެސަރަހައްދުގެ ނެރު ވަގުތީ ގޮތުން ބަންދުކުރުމަށް ވަނީ ނިންމައިފަ އެވެ.

އެއާޕޯޓުގެ އާ ޓާމިނަލް އަޅަން ހުޅުލޭ ހުޅަނގުން ހިއްކާފައިވާ ބިމުގެ ޝީޓް ޕައިލިންގެ މަސައްކަތް މިހާރު ވަނީ ފަށައިފި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް