މާލޭގެ މަގުތަކުގައި ކުނި ގިނަވެ އާންމުންނަށް އުނދަގޫވަމުންދާތީ އެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ސަރުކާރުގެ މައްސޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީއަށް ހުށަހަޅައިފި އެވެ.
އެ މައްސަލަ މަޖިލީހަށް ހުށަހެޅީ އެމްޑީޕީގެ ތިން މެންބަރެކެވެ. އެ މައްސަލައިގަ ބުނެފައިވަނީ މައްސަލައިގައި ވަނީ މާލޭގެ މަގުތަކުގައި ކުނި ކޮތަޅުތައް ފުނި ޖެހިފައިވަނީ ކުނި އުކާލުމަކީ ހަމައެކަނި ވަކި ބަޔަކަށް ކުރެވޭނެ ކަމެއްގެ ގޮތުގައި ހަމަޖައްސައި، މިކަން ރަނގަޅަށް ކުރި އަށް ނުގެންދިއުމުގެ ސަބަބުން ކަމަށެވެ.
މާލޭގެ ހުރިހާ ގޭބިސީއަކުން ކުނި އުކާލުމަށް ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އިން ނިންމައި ބިދޭސީންނަށް ކުނި އުކުން ވަނީ މަނާކޮށްފަ އެވެ. އެހެންވެ ވެމްކޯގައި ރެޖިސްޓްރީ ނުކުރާ ފަރާތްތަކުން ގެންދަނީ މަގުމައްޗަށް ކުނި އަޅަމުންނެވެ.
ވެމްކޯގެ ކުނި އުކާލުމުގެ ހިދުމަތަށް އެދި މާލޭގެ 27،000 ގޭބިސީގެ ތެރެއިން މިހާތަނަށް 7،000 އަށް ވުރެ ގިނަ ގޭބިސީ ވަނީ ރަޖިސްޓްރީކޮށްފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް