ކުޑަކުދިންގެ ޑޮކްޓަރުންގެ ތެރެއިން އޭޑީކޭ ހޮސްޕިޓަލްގެ ޑޮކްޓަރު ޑރ. އަބްދުﷲ ނިޔާފަކީ ކޮންމެ ބެލެނިވެރިއަކުވެސް ކުދިންގެ ސިއްހަތާއި ގުޅޭގޮތުން މައުލޫމާތު ހިއްސާ ކޮށްލަން ބޭނުންވާ ޑޮކްޓަރެކެވެ.
ޑރ ނިޔާފަށް އެޕޮއިންޓްމެންޓެއް ހޯދުމަކީ ވަރަށް އުނދަގޫ ކަމެކެވެ. އެކަމަކު މިއަދު މިއޮތީ ޑރ ނިޔާފާއި ފަސޭހައިން ބައްދަލުވާނެ އަދި ސުވާލު ކޮށްލުމުގެ ރަނުގެ ފުރުސަތު ލިބޭނެ ގޮތެއް ހަމަޖެހިފައި އެވެ. އެކަމަކު ވަކި މައުލޫއަކަށެވެ.
މި ހަފްތާއަކީ ބައިނަލް އަގުވާމީ ގޮތުން ފަހަގަ ކުރާ ގާތުން ކިރު ދިނުމުގެ ހަފްތާއެވެ. ޑރ ނިޔާފު ޖަވާބު ދެއްވާނީ ގާތުން ކިރު ދިނުމާއި ގުޅޭ ސުވާލު ތަކަށެވެ.
އޭޑީކޭ ހޮސްޕިޓަލުން ބުނީ މިއަދު މެންދުރު 1:00 ން 2:00 އަށް ޓުވިޓާ މެދުވެރިކޮށް އޭނާ އާއި ކުރައްވާ ސުވާލު ކުރުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ. "އާސްކް އޭޑީކޭ" ގެނަމުގައި ހިންގާ ޓުވިޓާ އެކައުންޓަށް މައުލޫ އާއި ގުޅޭގޮތުން ފޮނުވާ ހުރިހާ ސުވާލެއްގެ ޖަވާބު ޑރ ނިޔާފު ވަގުތުން ދެއްވާނެ އެވެ.
https://twitter.com/Ask_ADK/status/893009604585574400
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް