ފ. އަތޮޅު ތައުލީމީ މަރުކަޒަށް ކުވައިތު ފަންޑުން ދެ ލައްކަ ޑޮލަރު (ތިން މިލިއަން ރުފިޔާ) ހަދިޔާ ކޮށްފި އެވެ.
ސްރީލަންކާގައި ހުންނަ ކުވައިތު އެމްބަސީން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ އެ ފައިސާ މިހާރު ދިވެހި ސަރުކާރާއި ހަވާލުކޮށްފައިވާ ކަމަށެވެ.
މި އެހީގެ ދަށުން އެ ސްކޫލުގައި އެޅުމަށް ހަމަޖެހިފައިވަނީ ދެ ބުރީގެ އާ އިމާރާތެކެވެ. އެ އިމާރާތުގައި ހަތަރު ކްލާސް ރޫމާއި ކޮމްޕިއުޓަރު ލެބޯޓްރީއަކާއި ލައިބްރަރީ އަކާއި ޓްރެއިނިން ރޫމެއް ހިމެނެ އެވެ.
އެ ނޫސްބަޔާނުގައި ބުނެފައިވަނީ ކުވައިތު ސަރުކާރާއި ކުވައިތު ފަންޑުން ދަނީ ރާއްޖެއަށް އެހީތެރިކަން ބޭނުންވާ ދާއިރާތަކުން އެހީތެރިކަން ފޯރުކޮށްދެމުން ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި ވެސް ރާއްޖެއާއި ދިވެހިންނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމުގައި ދެމިތިބޭނެ ކަމަށް ބުނެފައިވެ އެވެ.
ކުވައިތު އެމްބަސީން ބުނެފައިވަނީ އެ ފައިސާ ރާއްޖެ އާއި ހަވާލުކޮށްފައިވަނީ އޭކޭ ފައުންޑޭޝަން ޗެރިޓީ މެދުވެރިކޮށް ކަމަށެވެ. އެ ޗެރިޓީއަކީ އިނގިރޭސި ވިލާތުގެ ޗޭރިޓީ ކޮމިޝަނުގައި ރަޖިސްޓްރީކޮށްފައިވާ ޗެރިޓީއެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް