ށ. މާއުނގުދޫގައި މީހެއްގެ ސައިކަލެއްގައި ރޯކޮށްލުމުން ބޭނުން ނުކުރެވޭ ވަރަށް އަނދާ ހުލިވެއްޖެ އެވެ.
ފުލުހުން ބުނީ މި ހާދިސާގެ ރިޕޯޓު ފުލުހުންނަށް ކުރީ ރޭ ދަންވަރު 3:00 ހާއިރު އެވެ. ރޯކޮށްލާފައިވަނީ ވޭވް 110 ގައި އެވެ.
މި މައްސަލައިގަ މިހާތަނަށް މީހަކު ހައްޔަރުކޮށްފައެއް ނުވެ އެވެ.
ފުލުހުން ބުނީ މި މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް