އިހަވަންދޫ ތެޔޮ ފިހާރަ ފަޅާލައި ގިނަ އަދަދެއްގެ ފައިސާތަކެއް ވަގަށް ނަގައިފި

ހއ. އިހަވަންދޫ ތެޔޮ ފިހާރަ ފަޅާލައި 75،000 ރުފިޔާ ވަގަށް ނަގައިފި އެވެ. އެ ފިހާރަ ފަޅާލާފައި ވަނީ މިދިޔަ މަހުގެ 31 ވަނަ ދުވަހުގެ ރޭ އެވެ. ފުލުހުންގެ މީޑިއާ އޮފިސަރު ވިދާޅުވީ އެ މައްސަލައިގަ ކޯޓު އަމުރ...

03 Aug 2017 | 05:47

ހއ. އިހަވަންދޫ ތެޔޮ ފިހާރަ ފަޅާލައި 75،000 ރުފިޔާ ވަގަށް ނަގައިފި އެވެ.

އެ ފިހާރަ ފަޅާލާފައި ވަނީ މިދިޔަ މަހުގެ 31 ވަނަ ދުވަހުގެ ރޭ އެވެ.

ފުލުހުންގެ މީޑިއާ އޮފިސަރު ވިދާޅުވީ އެ މައްސަލައިގަ ކޯޓު އަމުރެއްގެ ދަށުން ދެ މީހަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ. ހައްޔަރުކޮށްފައިވަނީ އުމުރުން 17 އަހަރުގެ ކުޑަކުއްޖަކާއި 24 އަހަރުގެ ފިރިހެނެކެވެ.

ފުލުހުން ބުނީ މި މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް