ރާއްޖެއިން މިއަހަރު ހައްޖަށްދާ މީހުން ފުރަން ފަށައިފި އެވެ.
އިސްލާމިކް މިނިސްޓްރީން ހާމަކުރިގޮތުގައި މިއަހަރު ރާއްޖެއިން ހައްޖުގެ އަޅުކަމަށާއި އެހީތެރިންގެ ގޮތުގައި ހަރަކާތްތެރިވުމަށް 1003 މީހަކު ސައުދީ އަރަބިއްޔާއަށް ދާނެ އެވެ. ހައްޖު ކޯޓާގެ ގޮތުަގައި މިއަހަރު ރާއްޖެއަށް ލިބިފައިވަނީ 1000 ކޯޓާ އެވެ.
ހަތަރު ކުންފުންޏެއްގެ ހަވާލުގައި މިއަހަރު މީހުން ހައްޖަށް ދާއިރު އެންމެ ފުރަތަމަ މިއަދު ފުރާފައިވަނީ ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި ހައްޖަށްދާ މީހުންގެ އެޑްވާންސް ޓީމެވެ. މާދަމާ ފުރުމަށް ހަމަޖެހިފައިވަނީ އަލް ހަރަމް ގްރޫޕާއި ޒައީ ގްުރޫޕުގެ އެޑްވާންސް ޓީމެވެ. ސިސިލްފަރު ގްރޫޕުގެ ހަވާލުގައި ހައްޖަށްދާ މީހުންގެ އެޑްވާންސް ޓީމް ފުރުމަށް ހަމަޖެހިފައިވަނީ މިމަހުގެ ހަވަ ދުވަހު އެވެ.
ހައްޖަށް މީހުން ގެންދާ ކުންފުނިތަކުގެ ތެރެއިން ހައްޖު ކޯޕަރޭޝަން ފިޔަވާ އަނެއް ތިން ޖަމާއަތުގެ ހައްޖާޖީން ސައުދީއަށް ދިއުމަށް ހަމަޖެހިފައިވަނީ ސްރީލަންކަން އެއާލައިންސް އިންނެވެ. ހައްޖަު ކޯޕަރޭޝަންގެ ހަވާލުގައިދާ ހައްޖާޖީން ދަނީ ސައުދީ އަރަބިއްޔާގެ ގައުމީ އެއާލައިން އިންނެވެ.
މިއަހަރުގެ އަމީރުލް ހައްޖުގެ ގޮތުގައި ސަރުކާރުން ކަނޑައަޅުއްވާފައިވަނީ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދެވެ.
ހައްޖުގެ އަޅުކަމަށް ފަހު ހައްޖާޖީން ރާއްޖެ އަންނަން ފަށާނީ އަންނަ މަހުގެ ހަ ވަނަ ދުވަހު އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް