އެންމެ ނުރައްކާތެރި ބެކްޓިއާ އުފެދެނީ ބަދިގޭގައި!

ތަފާތު ބަލިތައް ޖައްސާ ބެކްޓީރިއާ އެންމެ ފަސޭހައިން ގަޔަށް އަރާކަމަށް ބެލެވިފައި އޮންނަނީ ފާހާނާއިންނެވެ. އެކަމަކު މި ދިރާސާގައި އެކަން ވަނީ ދޮގުކޮށްފައި އެވެ. ޖަރުމަނުވިލާތުގެ ޖާރނަލް ސައިންޓިފިކުން ...

03 Aug 2017 | 03:45

ތަފާތު ބަލިތައް ޖައްސާ ބެކްޓީރިއާ އެންމެ ފަސޭހައިން ގަޔަށް އަރާކަމަށް ބެލެވިފައި އޮންނަނީ ފާހާނާއިންނެވެ. އެކަމަކު މި ދިރާސާގައި އެކަން ވަނީ ދޮގުކޮށްފައި އެވެ.

ޖަރުމަނުވިލާތުގެ ޖާރނަލް ސައިންޓިފިކުން ކުރި ދިރާސާއެއްގެ އަލީގައި ބުނެފައިވަނީ ބަދިގެއަކީ ފާހާނާއަށް ވުރެ ފަސޭހައިން ގަޔަށް ބަލިޖައްސާ ބެކްޓީރިއާ އުފެދޭ ތަނެއްކަމަށެވެ. ބަދިގޭގައި އެންމެ ނުރައްކާތެރި ބެކްޓީރިއާ އުފެދެނީ ސާފު ކުރަން ބޭނުން ކުރާ ސްޕޮންޖުގައި އެވެ. އެގޮތުން ނުރައްކާތެރި ދެ ވައްތަރެއްގެ ބެކްޓީރިއާއެއް ސްޕޮންޖުގައި އުފެދޭ ކަމަށް ބުނެފައިވެ އެވެ.

މި ދިރާސާ ކުރުމަށް ބަދިގޭގައި ތަން ސާފު ކުރުމަށާއި ތަށީ ދޮވުމަށް ބޭނުން ކުރާ 14 ވައްތަރެއްގެ ސްޕޮންޖެން ބޭނުން ކުރި އެވެ. އޭގެ ތެރެއިން ނަގާފައިވާ އެއް ސާމްޕަލް އަކުން 54 ބިލިއަން ބެކްޓީރިއާ ފެނިފައިވާ ކަމަށް އެ ދިރާސާގައި ބުނެފައިވެ އެވެ. ބަދިގޭގައި ބޭނުންކުރާ ސްޕޮންޖު ދޮވުނަސް އޭގައި ހުންނަ ބެކްޓީރިއާ ތަކެއް ނުދެ އެވެ.

ސްޕޮންޖުގައި އުފެދޭ ބެކްޓީރިއާއިން ޖެހޭ ބަލިތަކުގެ ތެރޭގައި ކޮލެރާ، ހުން އައުން އަދި ކާނާ ވިހަވުން ހިމެނެ އެވެ. އެ ދިރާސާ ކުރި ޓީމުން ބުނީ ނަތީޖާއަށް ބަލާއިރު ކާނާ ވިހަވުމާއި ގުޅިފައިވާ ގިނަ ބަލިތަކަކީ ސޮޕޮންޖާއިވެސް ގުޅުން ހުރި ބަލިތަކެކެވެ.

އެ ޓީމުން ލަފާދީފައިވަނީ ބަދިގޭގައި ބޭނުންކުރާ ސްޕޮންޖު ކޮންމެ ހަފްތާއަކު އެއްފަހަރު ބަދަލު ކުރުމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް