ދިރާގު ފައިބާރ ބްރޯޑްބޭންޑުގެ ހިދުމަތް ގުރައިދޫ އާއި ދިއްފުށީގައި ދޭން ފަށައިފި

ދިރާގުގެ ފައިބާރ ބްރޯޑްބޭންޑު އިންޓަނެޓުގެ ހިދުމަތް ކ. ގުރައިދޫ އާއި ދިއްފުށީގައި ދޭން ފަށައިފި އެވެ. ދިރާގުން ފޯރުކޮށްދޭ ފައިބާރ ބްރޯޑްބޭންޑުގެ ހިދުމަތް އިތުރަށް ފުޅާކުރުމުގެ ގޮތުން ހިންގާ ޕްރޮގްރާމް...

03 Aug 2017 | 03:30

ދިރާގުގެ ފައިބާރ ބްރޯޑްބޭންޑު އިންޓަނެޓުގެ ހިދުމަތް ކ. ގުރައިދޫ އާއި ދިއްފުށީގައި ދޭން ފަށައިފި އެވެ.

ދިރާގުން ފޯރުކޮށްދޭ ފައިބާރ ބްރޯޑްބޭންޑުގެ ހިދުމަތް އިތުރަށް ފުޅާކުރުމުގެ ގޮތުން ހިންގާ ޕްރޮގްރާމްގެ ދަށުން މި  ދެރަށުގައި ހިދުމަތް ފެށުމަށް ވަނީ ހާއްސަ ރަސްމިއްޔާތުތަކެއް ބާއްވާފައި އެވެ.

ފައިބާރ ބްރޯޑްބޭންޑް އަކީ ބްރޯޑްބޭންޑް ހިދުމަތް ފޯރުކޮށްދިނުމަށް ބޭނުންކުރެވޭ އެންމެ ފަހުގެ ޓެކްނޮލޮޖީ އެވެ. ދިރާގުން ބުނީ އެ ދެ ރަށުގައި އެ ކުންފުނިން ފޯރުކޮށްދޭންނީ އެންމެ ހަލުވި ސްޕީޑުގައި 100 އެމްބީޕީއެސްއާއި ހަމަޔަށް، އަދި އެންމެ ބޮޑު އެލަވަންސްތައް ހިމެނޭ 1ޓީބީގެ ޕެކޭޖްތައް ކަމަށެވެ.

ގުރައިދޫ އާއި ދިއްފުށީގައި އަލަށް ތައާރަފު ކުރި  ހިދުމަތާއި އެކު ވަނީ ޕްރޮމޯޝަނެއް ފަށާފައި އެވެ. އެގޮތުން އަލަށް ހިދުމަތަށް އެދޭ ފަރާތްތަކަށް ހިލޭ ކަނެކްޝަން ގުޅައިދޭނެ ކަމަށް ދިރާގުން ބުނެ އެވެ.

ދިރާގުގެ ފައިބާރ ބްރޯޑްބޭންޑުގެ ހިދުމަތް މިހާރު 10 ރަށަށް ފޯރުކޮށްދެ އެވެ. އެއީ މާލެ، ވިލިމާލެ، ހުޅުމާލެ، ކ. މާފުށި، ދިއްފުށި، ގުރައިދޫ، ތުލުސްދޫ އަދި ލ. ގަން، ފޮނަދޫގެ އިތުރުން ބ. ދަރަވަންދޫ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް