ސިހުރާއިމެދު ހޭލުންތެރި ކުރުމުގެ ފޯރަމެއް އަންނަ ހުކުރުދުވަހު ރޭ

ސިހުރާއި މެދު ހޭލުންތެރި ކުރުމުގެގޮތުން ޖަމްޢިއްޔަތުއްސަލަފުގެ ފަރާތުން ބާއްވާ ފޯރަމެއް މިއަންނަ ހުކުރު ދުވަހު އޮންނާނެކަމަށް އެޖަމްޢިއްޔާއިން ހާމަކޮށްފިއެވެ. "އަޅުގަނޑުމެންގެ މުޖްތަމަޢުގައި ސިހުރު ހާ...

02 Aug 2017 | 23:35

ސިހުރާއި މެދު ހޭލުންތެރި ކުރުމުގެގޮތުން ޖަމްޢިއްޔަތުއްސަލަފުގެ ފަރާތުން ބާއްވާ ފޯރަމެއް މިއަންނަ ހުކުރު ދުވަހު އޮންނާނެކަމަށް އެޖަމްޢިއްޔާއިން ހާމަކޮށްފިއެވެ.

"އަޅުގަނޑުމެންގެ މުޖްތަމަޢުގައި ސިހުރު ހާހޫރައިގެ ކަންތައް މިހާރު މިވަނީ ވަރަށް ބޮޑުވެފަ، ސިހުރަކީ އެކަމުގައި ޙަޤީޤަތެއް އޮތް އެއްޗެއް، އަދި ކީރިތި ޤުރްއާނުންނާއި ސުންނަތުގައިވެސް ސިހުރުގެ ވާހަކަ ވާރިދުވެފައިވޭ. ސިހުރު ހެދުމުގެ ނުރައްކާތެރިކަމާއި، އެކަމުގެ ފާފައިގެ ވާހަކައާއި އަދި ސިހުރުން ސަލާމަތްވުމަށް ތިމާ އަމިއްލައަށް ކުރެވިދާނެ ކަންތައްތައް މީސްތަކުންނަށް ކިޔައިދީ ހޭލުންތެރި ކުރުންވަޖެހިފައި މިވަނީ" ޖަމްޢިއްޔަތުއްސަލަފްގެ ނައިބު ރައީސް އައްޝައިޚް ޙަސަން މޫސާ ފިކުރީ ވިދާޅުވިއެވެ.

ސިހުރު ހާހޫރައިގެ ނަމުގައި 4 އޮގަސްޓް ވާ ހުކުރުދުވަހުގެ ރޭ 9 ޖަހާއިރު ބާއްވާ މި ފޯރަމަކީ ސަލަފުގެ ފަރާތުން ކުރިއަށް ގެންދާ 'ސަލަފް ފޯރަމް' ގެ 3 ވަނަ ފޯރަމެވެ. މިއަންނަ ހުކުރު ދުވަހުގެ ރޭ ގެ ފޯރަމުގައި އައްޝައިޚް މުޙައްމަދު ސިނާން، އައްޝައިޚް ޢަބްދުއްސަލާމް ބިން ދާވޫދު އަދި އައްޝައިޚް ޢިމްރާން މުޙައްމަދު ޢަލީ ވާހަކަފުޅު ދައްކަވާގޮތަށްވަނީ ހަމަޖެހިފައެވެ.

ޢަރަބިއްޔާ ސްކޫލުގައި ބާއްވާ މި ފޯރަމަށް ވީހާވެސް ގިނަ ބޭފުޅުން ހާޒިރުވުމަކީ އެޖަމްޢިއްޔާގެ ވަރަށްބޮޑު އެދުމެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް