2015 ވަނަ އަހަރުގެ ސެޕްޓެމްބަރު އަދި އޮކްޓޯބަރު މަހު މަންދު ކޮލެޖުން ފެށުމަށް ހަމަޖެހިފައިވާ ކޯސްތަކަށް ވަނުމުގެ ފުރުސަތު އެ ކޮލެޖުން ހުޅުވާލައިފި އެވެ.
އެ ކޮލެޖުން ބުނީ މި ހުޅުވާލެވުނު ފުރުސަތުގެ ތެރެއިން އެންމެ ޚާއްސަކަމެއްގެ ގޮތުގައި ފާހަގަކުރެވެނީ މަންދު ކޮލެޖްއިން ރާއްޖޭގެ އަސްދަނޑިން ބޭރަށް ނުކުމެ ދުނިޔޭގެ ނަން މަޝްހޫރު ޔުނިވަރސިޓީތަކާއި ގުޅިގެން މަތީ ތަޢުލީމުގެ އިތުރު ފުރުސަތުތަކެއް ހާސިލްކުރުމުގެ މަގު ތަނަވަސްކޮށްދީފައިވާކަން ކަމަށެވެ. އެގޮތުން ފައުންޑޭޝަން ފޮރ ޑިގްރީ ސްޓަޑީޒް ނިންމާ ދަރިވަރުންނަށް މެލޭޝިއާ އަދި އިނގިރޭސިވިލާތުގެ ޔުނިވަރސިޓީތަކުގެ ބެޗްލަރސް ޑިގްރީ ޕްރޮގްރާމްތަކަށް ވަނުމުގެ ފުރުސަތުވަނީ ވަނީ ހުޅުވިފައެވެ. ހަމަމިއާއެކު، މަންދު ކޮލެޖުގެ ޑިޕްލޮމާ އިން ބިޒްނަސް ނިންމާ ދަރިވަރުންނަށް މެލޭޝިއާ އަދި އިނގިރޭސިވިލާތުގެ ޔުނިވަރސިޓީތަކުގެ ބެޗްލަރސް ޑިގްރީގެ ދެވަނަ އަހަރުގައި ބައިވެރިވުމުގެ ފުރުޞަތު ލިބެއެވެ.
2015 ވަނަ އަހަރުގެ ސެޕްޓެމްބަރު އަދި އޮކްޓޯބަރުގައި ފެށޭ ކޯސްތަކަށް ފޯމު ހުށަހެޅުމަށް ހުޅުވާލާފައިވާ ފުރުސަތުތަކަކީ ބެޗްލަރސް ޑިގްރީ، އެސޯސިއޭޓް ޑިގްރީ، ޑިޕްލޮމާ، އެޑްވާންސް ސެޓްފިކެޓް، އަދި ފައުންޑޭޝަން ފެންވަރުގެ ކޯސް ތަކެވެ. މި ކޯސްތަކުގެ ތެރޭގައި ހިމެނެނީ ތަޢުލީމީ ދާއިރާ، ވިޔަފާރީގެ ދާއިރާ، އިންފޮމޭޝަން ޓެކްނޮލޮޖީގެ ދާއިރާ އަދި ޝަރުޢީ ދާއިރާއެވެ. މަންދު ކޮލެޖުގެ ހުރިހާ ކޯސް ތަކަކީވެސް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން އެކްރެޑިޓް ކޮށްފައިވާ އަދި ބައިނަލްއަގްވާމީ ފެންވަރުގައި ބަލައިގަންނަ ކޯސްތަކެއް ކަމަށް މަންދު ކޮލެޖުން ބުނެ އެވެ.
އެ ކޮލެޖުން ބުނީ މި ކޯސްތަކުގައި ކިޔެވުމަށް ބޭނުންވާ ފަރާތްތަކަށް މާލޭގެ މެއިން ކެމްޕަހުގައި އަދި މުޅި ރާއްޖެއަށް ހުޅުވާލާފައިވާ ވަރޗުއަލް ކެމްޕަހުގައި ކިޔެވުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށެވެ. އަދި މަންދު ކޮލެޖް ވަރޗުއަލް ކެމްޕަސްއަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބިދަރިވަރުންނަށް، އެދަރިވަރުންގެ ރަށުގައި ތިބެގެން ކިޔެވޭނެ ގޮތަށް ރާވާފައިވާ ޕްރޮގްރާމެއް ކަމަށެވެ.
"މިފަހަރުގެ މި ފުރުސަތުގައި މަންދު ކޮލެޖްގެ ކިޔަވާ ހުރިހާ ދަރިވަރުންނަށް ހިލޭ 3ޖީ އިންޓަރނެޓް ދިނުމަށް ހަމަޖެހިފައިވޭ، މިގޮތުން ކޮންމެ ދަރިވަރަކަށްވެސް އުރީދޫގެ ޑޮންގަލް އަކާއިއެކު ކޮންމެ މަހަކު 3ޖީ އިންޓަރނެޓް ހިލޭ ދޭގޮތަށް ވަނީ ހަމަޖެހިފައި، މަންދު ކޮލެޖުގެ މަގްސަދަކީ މި ހިދުމަތާއިއެކު ދަރިވަރުންގެ ކިޔެވުން އިތުރަށް ފުޅާވެގެންދިއުން، ހަމަ މިއާއެކު، ސެޕްޓެމްބަރު 15ގެ ކުރިން ކޯހުގައި ބައިވެރިވެ ފީ ދައްކާ ދަރިވަރުންނަށް 1000 ރުފިޔާގެ ޑިސްކައުންޓެއް ދިނުމަށްވަނީ ހަމަޖެހިފައިވޭ" އެ ކޮލެޖުން ބުނެ އެވެ.
އެ ކޮލެޖުން ހާމަކުރާ ގޮތުގައި ސެޕްޓެމްބަރު އަދި އޮކްޓޯބަރު މަހު ފެށޭ ކޯސްތަކަށް ފޯމް ހުށަހެޅުމުގެ ސުންގަޑިއަކީ 19 ސެޕްޓެމްބަރ 2015 ވަނަ ދުވަހުގެ 23:30 ކުރިންނެވެ. އިތުރު މައުލޫމާތު ހޯދުމަށް މަންދު ކޮލެޖްގެ މާލެ ކެމްޕަސް / މަންދު ކޮލެޖުގެ ފޯނު 3330055 / މަންދު ކޮލެޖުގެ ވެބްސައިޓް www.mandhucollege.edu.mv އަށް ޒިޔާރަތް ކުރުމަށް އެ ކޮލެޖުން އެދެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް