ބ.ތުޅާދޫ ގެއެއްގައި މަރުވެފައި އޮއްވާ ފެނުނު ކުއްޖާގެ މަންމަ ހައްޔަރުކޮށްފި އެވެ.
ދުވަހަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ މައްސަލައިގާ ކުއްޖާގެ މަންމަ، މިއަދު ހައްޔަރުކުރީ ކޯޓު އަމުރެއްގެ ދަށުން ކަމަށެވެ.
މައުލޫމާތު ލިބިފައިވާގޮތުގައި ކުއްޖާގެ މަންމަ ހައްޔަރުކުރީ އަމިއްލައަށް ވިހަން އުޅުމުގެ ތެރޭގައި ލިބިފައިވާ ޒަހަމްތަކަށް އޭދަފުށީ ހޮސްޕިޓަލުން ފަރުވާ ދިނުމަށްފަހު ދޫކޮށްލުމުންނެވެ.
ކުއްޖާ މަރުވެފައި އޮއްވާ ފެނުނީ ޖުލައި 29 ވަނަ ދުވަހު ހެނދުނު 10:00 ހާއިރުއެވެ. ތުޅާދޫ ސިއްހީ މަރުކަޒުން ބުނީ އެ ހާދިސާގެ ހަބަރު ލިބުމާއެކު ސިއްހީ މަރުކަޒުގެ ޓީމަކާއި ފުލުހުންގެ ޓީމެއް އެގެއަށް ގޮސް އެކުއްޖާއާއި މަންމަ މަރުކަޒަށް ގެނައީ އެދުވަހު 10:20 ހާއިރު ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް