އިންސާފުވެރި އަދުލުގެ ނިޒާމެއް ހޯދޭނީ ފަނޑިޔާރުގެ ގޯސްކަން ރައީސަށް ގަބޫލުކުރެވިގެން: އިންތި

އިންސާފުވެރި އަދުލުގެ ނިޒާމެއް ހޯދޭނީ ރާއްޖޭގައި ފަނޑިޔާރުގޭގައި ގޮސް ކަންތައްތަކެއް އެބަހުރިކަން ރައީސުލްޖުމްހޫރިއްޔާއަށް ގަބޫލު ކުރެވިގެން ކަމަށް އެމްޑީޕީގެ ތަރުޖަމާނު އަދި މަޖިލީހުގެ މާފަންނު އުތުރ...

03 Aug 2015 | 10:53

އިންސާފުވެރި އަދުލުގެ ނިޒާމެއް ހޯދޭނީ ރާއްޖޭގައި ފަނޑިޔާރުގޭގައި ގޮސް ކަންތައްތަކެއް އެބަހުރިކަން ރައީސުލްޖުމްހޫރިއްޔާއަށް ގަބޫލު ކުރެވިގެން ކަމަށް އެމްޑީޕީގެ ތަރުޖަމާނު އަދި މަޖިލީހުގެ މާފަންނު އުތުރުދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ ވިދާޅުވެއްޖެ އެވެ.

އިންތި ވިދާޅުވީ ރާއްޖޭގެ އަދުލް އިންސާފުގެ ނިޒާމް ރަނގަޅުކުރަނީ ނަމަ ފުރަތަމަ ވެސް، ޤާނޫނުއަސާސީގައި ބުނާ މަފްހޫމްތައް ނެގެހެއްޓޭވަރުގެ ފަނޑިޔާރުން ދިވެހިރާއްޖޭގެ ފަނޑިޔާރުގޭގައި ތިބުން މުހިއްމުކަމަށް ރައީސުލްޖުމްހޫރިއްޔާ އަށް ވެސް ގަބޫލްކުރެއްވެން އެބަ ޖެހޭ ކަމަށެވެ. ފަންޑިޔާރުންގެ އަޚުލާގީ އަދި ސުލޫކި މިންގަނޑުތައް ޤާނޫނު އަސާސީ ބުނާ މިންގަނޑަށް ފެތެން ޖެހޭކަމަށްވެސް އިންތި ވިދާޅުވި އެވެ.

އިންތި އިތުރަށް ވިދާޅުވީ ރާއްޖޭން ބޭރުގެ ފަރާތްތަކާއި އެކުގައި ތަފާތު މުއާމަލާތްތައް ކުރަންޖެހޭނީ ރަނގަޅު އިންސާފްވެރި ފަނޑިޔާރުގެއެއް މި ޤައުމުގައި ޤާއިމްކުރުމަށް ފަހުގައި ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް