އިންޑިއާގެ ފޮރިން ސެކްރެޓަރީ ނައިބު ރައީސް އަދީބު އާއި ބައްދަލުކުރައްވައިފި

މިހާރު ރާއްޖެ ވަޑައިގެން އުޅުއްވާ އިންޑިއާގެ ފޮރިން ސެކްރަޓީ ސުބްރާމަންޔަމް ޖައިޝަންކަރު، ރާއްޖޭގެ ނައިބު ރައީސް އަހުމަދު އަދީބު އާއި ބައްދަލު ކުރައްވައިފި އެވެ. މި ބައްދަލުވުން އޮތީ ރައީސް އޮފީހުގަ އ...

03 Aug 2015 | 06:52

މިހާރު ރާއްޖެ ވަޑައިގެން އުޅުއްވާ އިންޑިއާގެ ފޮރިން ސެކްރަޓީ ސުބްރާމަންޔަމް ޖައިޝަންކަރު، ރާއްޖޭގެ ނައިބު ރައީސް އަހުމަދު އަދީބު އާއި ބައްދަލު ކުރައްވައިފި އެވެ.

މި ބައްދަލުވުން އޮތީ ރައީސް އޮފީހުގަ އެވެ. ނައިބު ރައީސް އާ ބައްބަލު ކުރެއްވުމަށް އިންޑިއާގެ ފޮރިން ސެކްރެޓަރީ ރައީސް އޮފީހަށް ވަޑައިގެންނެވީ ހެނދުނު 11:00 ހާއިރު އެވެ.

ފޮރިން ސެކްރެޓަރީ ރާއްޖެ ވަޑައިގެން ނައިބު ރައީސް އަހުމަދު އަދީބުއާއި ބައްދަލު ކުރައްވާފައިވާއިރު ފޮރިން ސެކްރެޓަރީގެ ދަތުރުފުޅާއިމެދު  އެއްވެސް މައުލޫމާތެއް މައުލޫމާތެއް ރާއްޖެ އަދި އިންޑިއާއިންވެސް ހާމަކޮށްފައެއް ނުވެ އެވެ.

މައުލޫމާތު ލިބިފައިވާގޮތުގައި އިންޑިއާގެ ފޮރިން ސެކްރެޓަރީގެ މި ދަތުރުފުޅުގައި މިދަތުރުފުޅުގައި ސަރުކާރުގެ ތަފާތު ވުޒާރާތަކުގެ ބައެއް އިސް ބޭފުޅުންނާއި ސިޔާސީ ޕާޓީތަކުގެ ބައެއް އިސް ބޭފުޅުންނާ ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް