ތުޅާދޫގައި މަރުވެފައި އޮއްވާ ފެނުނު ކުއްޖާގެ މަންމަ ފަރުވާއަށްފަހު ދޫކޮށްލަނީ

ޖުލައި 29 ގައި ތުޅާދޫ ފާހާނާތެރޭގައި މަރުވެފައި އޮއްވާ ފެނުނު ތުއްތު ކުއްޖާގެ މަންމައަށް ފަރުވާދިނުމަށްފަހު ދޫކޮށްލާނެ ކަމަށް އޭދަފުށީ ހޮސްޕިޓަލުން ބުނެފި އެވެ. ދުވަހަށް މައުލޫމާތު ދެއްވަމުން ހޮސްޕިޓަ...

03 Aug 2015 | 06:38

ޖުލައި 29 ގައި ތުޅާދޫ ފާހާނާތެރޭގައި މަރުވެފައި އޮއްވާ ފެނުނު ތުއްތު ކުއްޖާގެ މަންމައަށް ފަރުވާދިނުމަށްފަހު ދޫކޮށްލާނެ ކަމަށް އޭދަފުށީ ހޮސްޕިޓަލުން ބުނެފި އެވެ.

ދުވަހަށް މައުލޫމާތު ދެއްވަމުން ހޮސްޕިޓަލުގެ އޮފިޝަލަކު ވިދާޅުވީ އެ އަންހެން މީހާ މިއަދުގެ ވަގުތެއްގައި ޑިސްޗާޖް ކުރާނެ ކަމަށާއި އަމިއްލައަށް ވިހެއުމުގެ ސަބަބުން ރަހިމް "އިންފެކްޓް" ވެފައިވާތީ ހަތަރު ދުވަސް ވަންދެން ހޮސްޕިޓަލުން ފަރުވާ ދިން ކަމަށެވެ.

ކުއްޖާ މަރުވެފައި އޮއްވާ ފެނުނީ ޖުލައި 29 ވަނަ ދުވަހު ހެނދުނު 10:00 ހާއިރުއެވެ. ތުޅާދޫ ސިއްހީ މަރުކަޒުން ބުނީ އެ ހާދިސާގެ ހަބަރު ލިބުމާއެކު ސިއްހީ މަރުކަޒުގެ ޓީމަކާއި ފުލުހުންގެ ޓީމެއް އެގެއަށް ގޮސް އެކުއްޖާއާއި މަންމަ މަރުކަޒަށް ގެނައީ އެދުވަހު 10:20 ހާއިރު ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް