އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ހާއްސަ މަންދޫބެއްގެ ގޮތުގައި އެގައުމުގެ ފޮރިން ސެކްރެޓަރީ ސުބްރާމަންޔަމް ޖައިޝަންކަރު ރާއްޖެ ވަޑައިގެންފި އެވެ.
ފޮރިން ސެކްރެޓަރީ ރާއްޖެ ވަޑައިގެންފައިވާއިރު މިކަމާގުޅޭ އެއްވެސް އިތުރު މައުލޫމާތެއް ރާއްޖެ އަދި އިންޑިއާއިންވެސް ހާމަކޮށްފައެއް ނުވެ އެވެ.
މައުލޫމާތު ލިބިފައިވާގޮތުގައި އިންޑިއާގެ ފޮރިން ސެކްރެޓަރީގެ މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބް އަހްމަދު އަދީބާއި މިއަދު ބައްދަލުކުރެއްވުމަށް ހަމަޖެހިފައި ވެ އެވެ. އަދި އޭނާގެ މިދަތުރުފުޅުގައި ސަރުކާރުގެ ތަފާތު ވުޒާރާތަކުގެ ބައެއް އިސް ބޭފުޅުންނާއި ސިޔާސީ ޕާޓީތަކުގެ ބައެއް އިސް ބޭފުޅުންނާ ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށްވެސް މައުލޫމާތު ލިބެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް