ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް(އެޗްއާރުސީއެމް)ގެ ދެ މެމްބަރެއްގެ ދައުރު ހަމަވާތީ އިއުލާނު ކުރުމުން ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން ދެބޭފުޅެއްގެ ނަން ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް، ރައްޔިތުންގެ މަޖިލީހަށް ފޮނުއްވައިފި އެވެ.
މަޖިލީހަށް ފޮނުއްވާފައިވާ ނަންފުޅުތަކަކީ ރ. ކަނދޮޅުދޫ، ހުސްނުހީނާގޭ މޫސާ އަލީކަލޭފާނާއި ސ. ހިތަދޫ، ޝުމައިސް، ނައިވީން އަބްދުﷲ ގެ ނަންފުޅެވެ. މި ނަންފުޅުތައް މަޖިލީހަށް ފޮނުވާފައިވަނީ މިއަދު އެވެ.
އެ ދެ ނަންފުޅު އިއްވުމަށްފަހު މަޖިލީހުން ވަނީ އެ ދެ ބޭފުޅުންގެ ނަންފުޅު ދިރާސާ ކުރުމަށް މިނިވަން މުއައްސަސާތަކާބެހޭ ކޮމިޓީ އަށް ފޮނުވާފަ އެވެ.
އެޗްއާރްސީއެމްގެ މެމްބަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު ރައީސް އޮފީހުން ހުޅުވާލީ މިދިޔަ ޖުލައި މަހުގެ 14 ވަނަ ދުވަހު އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް