ރާއްޖޭގައި ސައުދީ އެމްބަސީއެއް ގާއިމްކޮށް ހިދުމަތް ދޭން ފަށައިފި

ރާއްޖޭގައި ސައުދީ އެމްބަސީއެއް ގާއިމްކޮށް އެ އެމްބަސީގެ ހިދުމަތް އިއްޔެ ދޭން ފަށައިފި އެވެ. ރާއްޖޭގައި ހުޅުވުނު ސައުދީ އެމްބަސީއަކީ ރާއްޖެއާ ގުޅުން ބަދަހި ކުރުމުގެ ގޮތުން ވެވިފައިވާ އެއްބަސްވުމެއްގެ ދ...

03 Aug 2015 | 03:58

ރާއްޖޭގައި ސައުދީ އެމްބަސީއެއް ގާއިމްކޮށް އެ އެމްބަސީގެ ހިދުމަތް އިއްޔެ ދޭން ފަށައިފި އެވެ.

ރާއްޖޭގައި ހުޅުވުނު ސައުދީ އެމްބަސީއަކީ ރާއްޖެއާ ގުޅުން ބަދަހި ކުރުމުގެ ގޮތުން ވެވިފައިވާ އެއްބަސްވުމެއްގެ ދަށުން ހުޅުވި އެމްބަސީއެއް ކަމަށް ސައުދީ ހާރިޖީ ވުޒާރާއިން ހާމަކުރެ އެވެ.

ސައުދީ ހާރިޖީ ވުޒާރާގެ ފޮރިން އެފެއާސް އެމްބެސެޑަރު އޮސާމާ ބިން އަހްމަދު ނުގާލީ ވިދާޅުވެފައިވަނީ ހުޅުވުނު އެމްބަސީގެ ސަބަބުން ރާއްޖެއާއި ސައުދީ އަރަބިއްޔާއާއި ދެމެދު އޮންނަ ގުޅުން އިތުރަށް ބަދަހިވެގެން ދާނެ ކަމުގެ އުންމީދު ކުރައްވާ ކަމަށެވެ.

ރާއްޖޭގައި ސައުދީ އެމްބަސީއެއް ހުޅުވާގޮތަށް ހަމަޖެހިގެން ދިޔައީ މީގެ ހަތަރު މަސް ކުރިންނެވެ.

ސައުދީއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަބްދުﷲ ހަމީދު ވިދާޅުވީ ރާއްޖޭގައި ސައުދީ އެމްބަސީއެއް ގާއިމު ކުރެވުމުން ހައްޖާއި އުމްރާއަށް މީހުން ގެންދިޔުމުގައި ފަސޭހަ ވެގެންދާނެ ކަމަށެވެ.

މީގެ އިތުރުން އޭނާ ވިދާޅުވީ ސައުދީން ދޭ ސްކޮލަޝިޕް ލިބޭ ދަރިވަރުންނަށް ބައެއް ފަހަރު އުނދަގޫތަކާ ކުރިމަތިލާން ޖެހޭ ކަމަށާއި ނަމަވެސް މިހާރު ސައުދީގެ ކެބިނެޓަށް ގެނެސްފައިވާ ބަދަލާއެކު އެކަންކަން ހައްލު ވެގެންދާނެ ކަމަށް ވެސް ވިދާޅުވި އެވެ. އަދި ސައުދީގައި ވިސާ ހޯދުމަށް ދިމާވާ ދަތިތައް ވެސް ހައްލު ވެގެން ދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް