ހެނދުނުން ފެށިގެން މެންދުރުފަހު ތިނަކަށް ކަރަންޓު ކެނޑޭނެ: ސްޓެލްކޯ

މިއަދު ހެނދުނުން ފެށިގެން މެންދުރުފަހު 3:00 އާއި ހަމައަށް މާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑޭނެކަމަށް ސްޓެލްކޯއިން ބުނެފި އެވެ. މިކަމާއިބެހޭގޮތުން ސްޓެލްކޯއިން ނެރެފައިވާ ބަޔާނެއްގައި ބުނެފަ...

03 Aug 2015 | 02:04

މިއަދު ހެނދުނުން ފެށިގެން މެންދުރުފަހު 3:00 އާއި ހަމައަށް މާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑޭނެކަމަށް ސްޓެލްކޯއިން ބުނެފި އެވެ.

މިކަމާއިބެހޭގޮތުން ސްޓެލްކޯއިން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ކަރަންޓު އުފެއްދުމުގައި ދިމާވެފައިވާ މައްސަލަ ހައްލު ކުރެވެންދެން މާލޭގެ އެކި ހިސާބުން ކަރަންޓު ކެނޑޭނެ ކަމަށެވެ. އަދި ކަރަންޓް ކެނޑޭ ސަރަހައްދުތައް ސްޓެލްކޯގެ ވެބްސައިޓުން ބެހެން ހުންނާނެ ކަމަށްވެސް އެ ބަޔާނުގައި ވެ އެވެ.

އެކި ސަރަހައްދުތަކުން ކަރަންޓް ކެނޑޭނެ ގަޑިތައް މިހާރު ސްޓެލްކޯގެ ވެބްސައިޓުން ބަލާލެވޭގޮތް ހަދާފައިވާއިރު ބައެއް ސަރަހައްދުތަކުން ހަވީރު 4:00 އާ ހަމައަށް ކަރަންޓް ކެނޑޭނެ ކަމަށް ދައްކައެވެ. ކަރަންޓް ކަނޑާވަގުތަކީ ހެނދުނުން ފެށިގެން ހަވީރު 3:00 އާ ހަމައަށް ނަމަވެސް ސްޓެލްކޯގެ ވެބްސައިޓްގައި ވާގޮތުން ކޮންމެ ސަރަހައްދަކުން ކަރަންޓް ކެނޑިފައި ހުންނާނީ އެއް ގަޑި އިރު އެވެ.

މި މައްސަލަ ހައްލުވަންދެން މިގޮތަށް ކަރަންޓް ކެނޑުން ކުރިއަށް ދާނެ ކަމަށާއި އަދި ކަރަންޓް ކަނޑާ ސަރަހައްދުތަކުގެ ތަފްސީލް ސްޓެލްކޯގެ ވެބްސައިޓަށް އަޕްޑޭޓް ވަމުންދާނެ ކަމަށް ސްޓެލްކޯއިން ބުނެ އެވެ.

ކަރަންޓް ކެނޑޭ ސަރަހައްދުތަކުގެ މައުލޫމާތު ބެއްލެވުމަށް: ސްޓެލްކޯ ވެބްސައިޓް

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް