ވިލުފުށީ ހައުސިން ޔުނިޓްތަކުގެ ފެނާއި ނަރުދަމާގެ މަސައްކަތް ފެނަކައަށް

ތ. ވިލުފުށީގައި އިމާރާތްކޮށްފައިވާ 100 ހައުސިންގ ޔުނިޓަށް ފެނާއި ނަރުދަމާގެ ހިދުމަތް ދިނުމުގެ ޕްރޮޖެކްޓް ފެނަކަ ކޯޕަރޭޝަނާއި ހަވާލުކޮށްފިއެވެ. މިނިސްޓްރީ އޮފް ޓުއަރިޒަމް އެންޑް އެންވަޔަރަމަންޓު އިން ބ...

03 Jul 2025 | 12:28

ތ. ވިލުފުށީގައި އިމާރާތްކޮށްފައިވާ 100 ހައުސިންގ ޔުނިޓަށް ފެނާއި ނަރުދަމާގެ ހިދުމަތް ދިނުމުގެ ޕްރޮޖެކްޓް ފެނަކަ ކޯޕަރޭޝަނާއި ހަވާލުކޮށްފިއެވެ.

މިނިސްޓްރީ އޮފް ޓުއަރިޒަމް އެންޑް އެންވަޔަރަމަންޓު އިން ބުނީ އެ 100 ހައުސިންގ ޔުނިޓަށް ފެނާއި ނަރުދަމާގެ ހިދުމަތް ދިނުމަށް ބޭނުންވާ ވިއުގަ ޤާއިމްކުރުމުގެ ޕްރޮޖެކްޓް ފެނަކަ ކޯޕަރޭޝަނާާއި ހަވާލުކޮށްފައިވާ ކަމަށެވެ.

އެ މިނިސްޓްރީން ބުނީ މި މަސައްކަތް ނިންމުމަށް ހަމަޖެހިފައި ވަނީ ސޮއިކުރާ ތާރީޚުން ފެށިގެން 8 މަސް ދުވަހުގެ ތެރޭގައި ކަމަށެވެ.

މި  މަސައްކަތުގެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ ސްޓޭޓް ފޯ ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް ފާރިސް ޔޫސުފް އެވެ. އަދި ފެނަކައިގެ ފަރާތުން މި އެއްބަސްވުމުގައި ސޮއި ކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ މުހައްމަދު އާރިފް އެވެ.

މި ކޮންޓްރެކްޓްގެ ޖުމްލަ އަގަކީ 13،809،463.64 ދިވެހި ރުފިޔާއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް