މާލެއިން މީހަކު ގެއްލިގެން ހޯދުމުގެ މަސައްކަތް ކުރިއަށް – އެންމެ ފަހުން ފެނިފައިވަނީ މިދިޔަ މަހު 25 ގައި

މާލެއިން މީހަކު ގެއްލިގެން ހޯދަމުން އަންނަ ކަމުގައި ފުލުހުން ބުނެފިއެވެ. މިކަން ހާމަކޮށް ފުލުހުން މިއަދު ބުނެފައިވަނީ ގެއްލިގެން ހޯދަމުން އަންނަނީ ޏ. ފުވައްމުލައް، ހޯދަނޑު، ބޯގަންވިލާ، އުމުރުން 34 އަހ...

03 Jul 2025 | 12:10

މާލެއިން މީހަކު ގެއްލިގެން ހޯދަމުން އަންނަ ކަމުގައި ފުލުހުން ބުނެފިއެވެ.

މިކަން ހާމަކޮށް ފުލުހުން މިއަދު ބުނެފައިވަނީ ގެއްލިގެން ހޯދަމުން އަންނަނީ ޏ. ފުވައްމުލައް، ހޯދަނޑު، ބޯގަންވިލާ، އުމުރުން 34 އަހަރުގެ ސާމީ ޢަބްދުލްހަމީދެވެ.

"25 ޖޫން އިން ފެށިގެން ސާމީ ޢަބްދުލްހަމީދުގެ ހަބަރެއް ނުވެ ގެއްލިފައިވާކަމަށް ޢާއިލާގެ ފަރާތުން ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ އިއްޔެ އިރު އޮއްސުނުހާއިރު" ފުލުހުން ބުނެފައިވެއެވެ.

ފުލުހުން އިތުރަށް ބުނެފައިވަނީ މައްސަލަ ފުލުހުންނަށް ރިޕޯޓްކުރުމާއެކު ފުލުހުންގެ ކަމާގުޅުންހުރި އެންމެހައި ބަހާތަކަށް މަޢުލޫމާތު ހިއްސާކުރެވި މީހާ ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި އަދި ހޯދިފައިނުވާކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް