މާލޭގައި ރަހީނު ކުރުމުގެ އިތުރު މައްސަލައެއްވެސް ބަލަމުން އަންނަ ކަމަށް ފުލުހުން ބުނެފިއެވެ.
މިކަން ހާމަކޮށް ފުލުހުން މިއަދު ބުނެފައިވަނީ މާލޭ ގެއެއްގެ ތެތޭގައި ހުއްދަނޫން ގޮތެއްގައި މީހަކު ހިފަހައްޓައި އަނިޔާކުރާކަމަށް ތުހުމަތުކުރެވޭ މައްސަލައެއް އިއްޔެ ހުށަހެޅުނު ކަމަށެވެ.
"އެމީހާ ހުރިތަން ހޯދައި މައްސަލައިގެ ތުހުމަތުގައި ކުށުގެ ވެށިން އައްޑޫ ސިޓީ، ފޭދޫ، ސުވާސާގޭ، އުމުރުން 48 އަހަރުގެ އިބްރާހިމް ސައީދު ވަނީ ހައްޔަރުކޮށްފައި" ފުލުހުން ބުނެފައިވެއެވެ.
ހިފަހައްޓައިގެން ގެންގުޅެ އަނިޔާކޮށްފައިވާ މީހާ ފަރުވާ ދިނުމަށް އައިޖީއެމް ހޮސްޕިޓަލަށް ގެންގޮސްފައިވާއިރު އެއީ 44 އަހަރުގެދިވެހި ފިރިހެނެއް ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.
މާލޭގެ ގެއެއްގައި މީހަކު ރަހީނުކޮށްގެން ގެންގުޅުނު ކަމުގެ އިތުރު މައްސަލައެއްގެ މަޢުލޫމާތުވެސް ކުރިން ފުލުހުން ހާމަކުރިއެވެ.
އެ މައްސަލައިގާ އެ ގޭގެ ތަޅު ހަލާކުކޮށްލައިގެން ވަދެ ބަންގްލަދޭޝް އަށް ނިސްބަތްވާ ފިރިހެނަކު ސަލާމަތްކޮށް ހޮސްޕިޓަލަށް ގެންދެވުނު ކަމަށް ބުނެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް