މާލޭގެ ގެއެއްގެ ތެރޭގައި ރަހީނުކޮށްފައި ހުރި މީހަކު ސަލާމަތްކޮށްފިއެވެ.
ފުލުހުން ދެންމެ ބުނީ މާލޭގެ ގެއެއްގައި ހުއްދަނޫން ގޮތުގައި މީހަކު ބަންދުކޮށްފައި ހުރި ކަމުގެ މަޢުލޫމާތު މިއަދު ހެނދުނު 6 ޖެހިއިރު ލިބިފައިވާ ކަަމަށެވެ.
އެގޮތުން އެ ތަނުގެ ތަޅު ހަލާކުކޮށްލައިގެން އެމީހާ އެތަނުން ނެރެފައިވާ ކަމަށް ފުލުހުން ބުނެފައި ވެއެވެ.
އަދި އެއީ ބަންގްލަދޭޝް ފިރިހެނެއް ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.
މިހާރު އޭނާ އައިޖީއެމްއެޗަށް ގެންދެވި ސިއްހީ ހާލަތު ބެލުމަށް ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށްވެސް ފުލުހުން ވަނީ ބުނެފަ އެވެ.
މީގެ އިތުރުން އެ މީހާއަށް ބޭރުފުށުން އެއްވެސް އަނިޔާއެއްވެފައިވާ ކަމަށް ފާހަގަ ނުކުރެވޭ ކަމަށްވެސް ފުލުހުން ބުނެފައި ވެއެވެ.
ނަމަވެސް މިކަމާއި ގުޅޭ އިތުރު ތަފްސީލެއް ފުލުުހުން ހާމަކޮށްފައެއް ނުވެއެވެ.
ފުލުހުން ދަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް