10 ޤައުމެއްގައި ފުޅާ ދާއިރާއެއްގައި އޮޕަރޭޓްކުރަމުންދިޔަ މެޑިކަލް މާފިއާއެއް ފަޅާ އަރުވާލައި ބަޔަކު ހައްޔަރު !

ދުނިޔޭގެ ހަތަރު ބައްރެއްގެ 10 ޤައުމެއްގައި ފުޅާ ދާއިރާއެއްގައި އޮޕަރޭޓް ކުރަމުންދިޔަ މެޑިކަލް މާފިއާއެއް ފަޅާ އަރުވާލައި އެކި ޤައުމުތަކުން ބަޔަކު ހައްޔަރުކޮށްފިއެވެ. އެމެރިކާ އޮސްޓްރޭލިއާ އަދި ޔޫރަޕް ...

03 Jul 2025 | 05:09

ދުނިޔޭގެ ހަތަރު ބައްރެއްގެ 10 ޤައުމެއްގައި ފުޅާ ދާއިރާއެއްގައި އޮޕަރޭޓް ކުރަމުންދިޔަ މެޑިކަލް މާފިއާއެއް ފަޅާ އަރުވާލައި އެކި ޤައުމުތަކުން ބަޔަކު ހައްޔަރުކޮށްފިއެވެ.

އެމެރިކާ އޮސްޓްރޭލިއާ އަދި ޔޫރަޕް ހިމެނޭހެން އޮޕަރޭޓް ކުރަމުންދިޔަ އެ މެޑިކަލް މާފިއާއިން މުއާމަލާތް ކުރުމަށް އެންކްރިޕްޓެޑް ޗެޓް އެޕްތަކާއި ފައިސާ ބަލައިގަތުމަށް ކްރިޕްޓޯ ކަރަންސީއާއި އަދި ޑެލިވަރީތައް ކުރުމަށް ޑްރޮޕްޝިޕިންގ ޕްލެޓްފޯމްތައް ބޭނުންކޮށްފައިވާއިރު މެޑިކަލް އެ މާފިއާއިން 10 ޤައުމެއްގައި ވިޔަފާރި އޮޕަރޭޓް ކުރަމުންދިޔައީ މަނާ ބޭހާއި ކޮންޓްރޯލް ކުރެވިފައިވާ ބޭސް ވިއްކުމުގައެވެ.

އޮޕަރޭޝަން މެޑް-މެކްސްގެ ނަމުން ނަން ދީގެން އިންޑިއާގެ ދިއްލީއިން ފެށި އެ އޮޕަރޭޝަނުގައި އިންޑިއާއިން އަށް މީހަކު ހައްޔަރުކޮށްފައިވާއިރު އެމެރިކާއިންވެސް ހަމަ މި އޮޕަރޭޝަނާއި ގުޅުވައި ބަޔަކު ހައްޔަރުކޮށްފައިވެއެވެ އަދި އެ މާފިއާއިން އޮސްޓްރޭލިއާގައި ހިންގަމުންދިޔަ ބޭސް އުފައްދާ ފެކްޓަރީއެއްވެސް އޮސްޓްރޭލިއާގެ ކަމާބެހޭ ފަރާތްތަކުގެ ކޮންޓްރޯލް ދަށަށް ގެންގޮސްފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް