ރާއްޖޭގެ އިޤްތިސާދީ ހާލަތު ދަށް ވެފައިވާތީ ސަރުކާރުން ހަރުދުތައް ކުޑަ ކުރުމަށް ނިންމަވާފައިވާތީ މި ދަނޑިވަޅުގައި ކައުންސިލުތަކުގެ ހަރަދުތައް ކުޑަ ކުރުމަށް ދަތުރުތަކާއި ހަފްލާތަކާއި ކުޅިވަރު މުބާރާތްތައް މިވަގުތު މަޑުޖައްސާލަން އަންގައިފިއެވެ.
ލޯކަލް ގަވަނެންސް މިނިސްޓަރު އާދަމް ޝަރީފް ސޮއެ ކުރައްވައި ސިޓީ ކައުންސިލްތަކާއި އަތޮޅު ކައުންސިލްތަކަށާއި ރަށު ކައުންސިލްތަކަށް ފޮނުއްވި ސިޓީއެއްގައި ވިދާޅުވެފައިވަނީ، ރާއްޖޭގެ ދަރަނި ބޮޑުވުމުގެ ސަަބަބުން މިވަގުތު އިގުތިސޯދަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކުން އަރައިގަތުމަށާއި ދައުލަތުގެ ހަރުދުތައް ކުޑަކުރުމަށް ސަރުކާރުން މުހިންމު ފިޔަވަޅުތަކެއް އަޅަން ވަނީ ފަށާފައި ކަމަށެވެ.
އެހެންކަމުން، ކައުންސިލްތަކުގެ ރިކަރަންޓް ނުވަތަ ހިނގުމުގެ ހަރަދުތައް ކުޑަކުރުމަށް ޙާއްސަ އިސްކަމެއް ދިނުމަށް އެ ސިޓީގައި އެދިފައި ވެއެވެ.
އެ ސިޓީގައި އިތުރަށް ވިދާޅުވެފައިވަނީ މިވަގުތު ކުރަން ޖެހޭ ހަރަދުތައް ފިޔަވައި އެހެން ހަރަދުތައް ނުކުރުމަށެވެ.
އޭގެތެރޭގައި ރާއްޖެއިން ބޭރަށް ކޮންމެހެން ކުރަން ޖެހޭ ދަތުރުތައް ފިޔަވާ އިތުރު ދަތުރެއް ނޫނީ ނުކުރުމަށާއި މުނާސަބުތުތަކާއި ގުޅިގެން ކޮންމެހެން ބާއްވަން ޖެހޭ ޖަލްސާއެއް ފިޔަވައި އެއްވެސް ހަރަކާތެއް ނުބޭއްވުމާއި އެއްވެސް ހަފުލާއެއް ނުވަތަ ކުޅިވަރެއު މުބާރާތެއް މި ދުވަސްވަރު ނުބޭއްވުމާއި ސަރުކާރުގެ އިދާރާތަކާއި ބައްދަލުކުރަން މާލެ އައުމުގެ ބަދަލުގައި އޮންލައިންކޮށް ބައްދަލުވުންތައް ބޭއްވުމަށެވެ.
އިއްޔެ މަޖިލީހުގެ ނައިބު ރައީސް ވިދާޅުވީ، ކައުންސިލުތަކުގެ ހަރަދުތައް ކުޑަކުރުމަށް އަންގާފައިވަނިކޮށް ބައެއް އަތޮޅު ކައުންސިލުތަކުން ދުބާއީ އާއި ތުރުކީ އާއި ތައިލެންޑު ފަދަ ޤައުމުތަކަށް ބޭކާރު ދަތުރުތައް ކުރާ ކަމަށެވެ.
ނާޒިމް ވިދާޅުވީ، ބްލޮކް ގްރާންޓުގެ ގޮތުގައި މި އަހަރު ކައުންސިލުތަކަށް2.2 ބިލިއަން ރުފިޔާ ދޭއިރު އެ ކައުންސިލްތަކުން ފައިސާ ބޭނުން ކުރަމުން އަންނަނީ މާލީ ޒިންމާދާރުވެރި ކަމެއް ނެތި ކަމަށެވެ. އަދި ޖުލައި24 ގެ ބަންދަށް، ހއ އަތޮޅު ކައުންސިލުން ބެންކޮކް ދަތުރެއް ވަނީ ރާވާފައެވެ. އަދި މި އަހަރު ތެރޭގައި ގދ އަތޮޅު ކައުންސިލަރުން 12 ދުވަހަށް ތުރުކީ އަށް ތިން ދުވަހަށް ދުބާއީ އަށް ދަތުރު ކުރުމަށް ވަނީ 837،078ރ ހަރަދު ކޮށްފައިވާ ކަމަށްށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް