މަނިޕާލް ހޮސްޕިޓަލަށް އާސަންދަ ދިނުން މެދުކަނޑާލައިފި

ޚިދުމަތްތަކުގެ އަގު މާ ބޮޑުކަމަށްބުނެ އިންޑިޔާގެ މަނިޕާލް ހޮސްޕިޓަލަށް އާސަންދަ ޚިދުމަތް ދިނުން އާސަންދަ ކުންފުނިން މެދުކަނޑާލައިފިއެވެ. މީޑިއާތަކަށް މަޢުލޫމާތުދެމުން އާސަންދައިން ބުނެފައިވާގޮތުގައި އ...

03 Jul 2024 | 14:26

ޚިދުމަތްތަކުގެ އަގު މާ ބޮޑުކަމަށްބުނެ އިންޑިޔާގެ މަނިޕާލް ހޮސްޕިޓަލަށް އާސަންދަ ޚިދުމަތް ދިނުން އާސަންދަ ކުންފުނިން މެދުކަނޑާލައިފިއެވެ.

މީޑިއާތަކަށް މަޢުލޫމާތުދެމުން އާސަންދައިން ބުނެފައިވާގޮތުގައި އެ ޚިދުމަތް އެ ހޮސްޕިޓަލަށް ދިނުން ވަގުތީގޮތުން މެދުކަނޑާލީ އެ ހޮސްޕިޓަލުން ދެމުން އަންނަ ޚިދުމަތްތަކުގެ އަގުތައް ބޮޑުކަމުން އެ އަގުތައް ކުޑަކުރުމަށް މަޝްވަރާތައް ކުރަމުން އަންނަ ދަނޑިވަޅެއްގައެވެ.

އެ ހޮސްޕިޓަލަށް އާސަންދައިން ކަނޑައަޅާފައިވާ ރޭޓުގެ ބޭރުންވެސް ބަލިމީހުންގެ އަތުން އެތައް ގުނައަކުން ފައިސާ ނަގާކަމުގެ ޝަކުވާ ލިބޭކަން އާސަންދައިން ފާހަގަކޮށްފައިވެއެވެ.

އެ ހޮސްޕިޓަލަށް އާސަންދައިގެ ޚިދުމަތް އަލުން ދޭން ފަށާނެ ކަމެއް ނޫންކަމެއް ސީދާ އާސަންދައިން ބުނެފައެއް ނުވެއެވެ.

ޚިދުމަތްތަކުގެ އަގު ބޮޑުކަމުން އެ ހޮސްޕިޓަލުގެ ޚިދުމަތްތަކަށް އާސަންދަ ދިނުން މެދުކަނޑާލާފައިވާއިރު މި ދަނޑިވަޅަކީ ރާއްޖޭގެ އިގްތިސާދު އިންތިހާއަށް ގޯސްވިޔަނުދިނުމަށް ޚަރަދު ކުޑަކުރުމަށް ހަރުދަނާ ފިޔަވަޅުތަކެއް އެޅުމަށް ސަރުކާރުން މަސއްކަތް ކުރަމުން އަންނަ ދަނޑިވަޅެކެވެ.

މަނިޕާލް ހޮސްޕިޓަށް އިތުރަށް އާސަންދަ ނުދޭން ނިންމިނަމަވެސް ފޮލޯއަޕް ކޭސްތަކަށް އެ ހޮސްޕިޓަލުން އަދިވެސް އާސަންދަ ލިބޭނެކަން އާސަންދައިން ފާހަގަކުރެއެވެ. އެހެން ނަމަވެސް އަލަށް ރަޖިސްޓްރީކުރާ ކޭސްތަކަށް މިވަގުތު އާސަންދަ ފޯރުކޮށްނުދޭނެކަންވެސް ފާހަގަކުރެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް