އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއާއި ސަޢުދީ އަރަބިއްޔާގެ އިސްލާމިކް މިނިސްޓްރީ ގުޅިގެން ބާއްވާ އިސްލާމީ އަޤީދާއާ ބެހޭ ޢިލްމީ 2 ވަނަ ދައުރާގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
މި ދައުރާ ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ޖުލައި 9 އަދި 10 ގައި އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާ މާލަމުގައެވެ. ސަޢުދީ އަރަބިއްޔާގެ އިސްލާމިކް މިނިސްޓްރީން ފޮނުއްވަވާ ދީނީ ޢިލްމުވެރިން ސެޝަންތައް ނަންގަވައިދެއްވާ މި ދައުރާ ކުރިއަށްދާނީ ޢަރަބި ބަހުންނެވެ.
މީގެ ފުރަތަމަ ދައުރާ ބާއްވާފައިވަނީ މެއި މަހުގައެވެ. އެ ދައުރާގައިވެސް އެކި އުމުރުފުރާތަކުގެ ގިނަ އަދަދެއްގެ ބައިވެރިން ވަނީ ބައިވެރިވެފައި ކަމަށް އިސްލާމިކް މިނިސްޓްރީން ވަނީ ބުނެފައެވެ.
ސަޢުދީ އަރަބިއްޔާގެ އިސްލާމިކް މިނިސްޓްރީއާއި ގުޅިގެން ކުރިއަށް ގެންދާ މި ދައުރާތަކާއި ގުޅޭ ގޮތުން އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު، ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު، ވިދާޅުވީ،
މިފަދަ މަސައްކަތްތަކަކީ އެ ވުޒާރާއާއި ސައުދީ ސަރުކާރާއި ދެމެދު ވެވިފައިވާ އެއްބަސްވުމުގެ ދަށުން ކުރިއަށް ގެންދެވޭ މަސައްކަތްތަކެއް ކަމަށާއި ކުރިއަށް އޮތް ތަނުގައިވެސް އިލްމީ އެކި މަސައްކަތްތައް ކުރިއަށް ގެންދިއުމާއި، އެކި ދިރާސާ ކުރުމުގެ އިތުރުން އިސްލާމީ ޙިދުމަތުގައި އެކި މަސައްކަތްތަކެއް ކުރިއަށް ގެންދަން ހަމަޖެހިފައިވާ ކަމެއް ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް