ސިޔާސީ ޕާޓީތަކަށް ފައިސާ ދިނުން ހުއްޓާލަން ގޮވާލައިފި

ދައުލަތުގެ ބަޖެޓުން ސިޔާސީ ޕާޓީތަކަށް ދެމުން އަންނަ ފައިސާ ދިނުން ހުއްޓާލުމަށް ގޮވާލައިފިއެވެ. މިކަމަށް ގޮވާލެއްވީ ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ޙުސައިން އެވެ. އެ މެންބަރު މިކަމަށް ...

03 Jul 2024 | 07:20

ދައުލަތުގެ ބަޖެޓުން ސިޔާސީ ޕާޓީތަކަށް ދެމުން އަންނަ ފައިސާ ދިނުން ހުއްޓާލުމަށް ގޮވާލައިފިއެވެ.

މިކަމަށް ގޮވާލެއްވީ ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ޙުސައިން އެވެ. އެ މެންބަރު މިކަމަށް ގޮވާލެއްވީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަދަދާއި ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި މިހާރު ބަހުސް ކުރެވެމުންދާ މައްސަލައިގެ ބަހުސްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އެގޮތުން ވާހަކަފުޅު ދައްކަވަމުން މެންބަރު ވިދާޅުވީ އެއިރެއްގައި އެ ހުންނަ ރައީސަކާއި ރައްޔިތުންނާއި ދޭތެރޭގައި ފިތުނަ ފަސާދަ އުފެއްދުން ނޫންކަމެއް އިދިކޮޅު ޕާޓީތަކުން ނުކުރާ ކަމަށެވެ.

އެ ފައިސާވެސް ދެވިގެންދަނީ ރައްޔިތުންގެ ޖީބުންކަމުގައި ވިދާޅުވެ މެންބަރު ވިދާޅުވީ އެކަން ނިމުމަކަށް ގެންނަންޖެހޭ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް