ލައިސަންސް ނެތް މީހަކު ދުއްވި ސައިކަލަކާއި އިތުރު ސައިކަލެއް ޖެހި ހިނގި އެކްސިޑެންޓެއްގައި ދެމީހަކަށް އަނިޔާވެ ފަރުވާދޭން ފަށައިފިއެވެ.
މީޑިއާއަށް މަޢުލޫމާތުދެމުން ދެންމެ ފުލުހުން ބުނީ ހުޅުމާލެ ފޭޒް ދޭއްގެ އާހިޔާގޮފި ކައިރީގައި ދެ ސައިކަލު ޖެހި އެކްސިޑެންޓެއް ހިނގާފައިވާކަމަށް މިއަދު 09:45 ހާއިރު ރިޕޯޓުކޮށްފައިވާކަމަށެވެ.
"މި އެކްސިޑެންޓްގައި ހިމެނޭ ސައިކަލު ދުއްވި ދެމީހުންނަށް އަނިޔާވެ ހުޅުމާލެ ހޮސްޕިޓަލުގައި ދަނީ ފަރުވާދެމުން" ފުލުހުން ބުނެފައިވެއެވެ.
އެތަނުން އެއް ސައިކަލު ދުއްވީ 21 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށާއި އެއީ ސައިކަލު ދުއްވުމުގެ ލައިސަންސް ނެތް މީހެއްކަން ފުލުހުން ފާހަގަކޮށްފައިވެއެވެ.
މިއަދު ހެނދުނު ހުޅުމާލެ ފޭޒް ދޭއްގައި އިތުރު އެކްސިޑެންޓެއްވެސް ހިނގާފައިވެއެވެ. އެ އެކްސިޑެންޓްގައި އަނިޔާވި 19 އަހަރުގެ ދިވެހި ފިރިހެނަކަށް ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާދެމުން އަންނައިރު އެ ޒުވާނާގެ ހާލު ސީރިއަސް ކަމަށް ހުޅުމާލެ ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ބުނެފައިވެއެވެ. އަދި އެއީވެސް ލައިސަންސު ނެތި ސައިކަލު ދުއްވި ފަރާތެއްކަން ފުލުހުން ފާހަގަކޮށްފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް