ހުޅުމާލޭގައި ހިނގި އެކްސިޑެންޓެއްގައި ޒަޚަމްވި ޒުވާނެއްހެ ޙާލު ސީރިއަސް !

ހުޅުމާލޭގައި މިއަދު ނުރައްކާތެރި އެކްސިޑެންޓެއް ހިނގާފައިވާކަމަށް ފުލުހުން ބުނެފިއެވެ. މީޑިއާއަށް މަޢުލޫމާތުދެމުން ދެންމެ ފުލުހުން ބުނީ ހުޅުމާލެ ފޭޒް ދޭއެއްގެ H5 ކައިރިން ކާރަކާއި ސައިކަލެއް ޖެހި އެ ސ...

03 Jul 2024 | 06:40

ހުޅުމާލޭގައި މިއަދު ނުރައްކާތެރި އެކްސިޑެންޓެއް ހިނގާފައިވާކަމަށް ފުލުހުން ބުނެފިއެވެ.

މީޑިއާއަށް މަޢުލޫމާތުދެމުން ދެންމެ ފުލުހުން ބުނީ ހުޅުމާލެ ފޭޒް ދޭއެއްގެ H5 ކައިރިން ކާރަކާއި ސައިކަލެއް ޖެހި އެ ސައިކަލު ކޮންޓްރޯލުނުވެގޮސް އެހެން ކާރެއްގައި ޖެހި އެކްސިޑެންޓެއް ހިނގާފައިވާކަމަށް މިއަދު 08:13 ހާއިރު ރިޕޯޓުކޮށްފައިވާކަމަށެވެ.

"މި އެކްސިޑެންޓްގައި ސައިކަލު ދުއްވި މީހާއަށް އަނިޔާވެގެން ހުޅުމާލެ ހޮސްޕިޓަލުގައި ދަނީ ފަރުވާދެމުން، އެއީ 19 އަހަރުގެ ދިވެގި ފިރިހެނެއް" ފުލުހުން ބުނެފައިވެއެވެ.

ފުލުހުން ބުނެފައިވަނި އޭނާގެ ޙާލު ސީރިއަސްކަމަށް ހޮސްޕިޓަލުން ފުލުހުންނަށް މަޢުލޫމާތު ދީފައިވާކަމަށެވެ. އެއީ ސައިކަލު ދުއްވުމުގެ ލައިސަންސް ނެތް މީހެއް ކަމުގައިވެސް ފުލުހުން ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް