ހަފީޒަށް އަނިޔާވި އެކްސިޑެންޓްގައި ސައިކަލު ދުއްވި ޒުވާނާ ހައްޔަރުކޮށްފި

އުމުރުން 50 އަހަރުގެ ހަފީޒަށް އަނިޔާވި އެކްސިޑެންޓްގައި ބާރު ސްޕީޑްގައި ސައިކަލު ދުއްވި ޒުވާނާ ހައްޔަރުކޮށްފިއެވެ. މި އެކްސިޑެންޓަކީ މިދިޔަ މަހު 27 ގެ ފަތިސް ވަގުތުގައި ހިނގި އެކްސިޑެންޓެކެވެ. މޯލްޑިވ...

03 Jul 2023 | 09:11

އުމުރުން 50 އަހަރުގެ ހަފީޒަށް އަނިޔާވި އެކްސިޑެންޓްގައި ބާރު ސްޕީޑްގައި ސައިކަލު ދުއްވި ޒުވާނާ ހައްޔަރުކޮށްފިއެވެ.

މި އެކްސިޑެންޓަކީ މިދިޔަ މަހު 27 ގެ ފަތިސް ވަގުތުގައި ހިނގި އެކްސިޑެންޓެކެވެ.

މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީގައި ލެކްޗަރާއެއްގެ ގޮތުގައި މަސައްކަތައް ކުރަމުން އަންނަ ހަފީޒް ގައިގައި ސައިކަލުން ޖެހުނީ ފަތިސް ނަމާދު ކޮށްގެން މިސްކިތުން ފައިބައިގެން ކަފިހި ހުރަހުން މަގު ހުރަސް ކުރަނިކޮށެވެ. ބާރު ސްޕީޑެއްގައި ދުއްވާފައި އައުމުން އެ ސައިކަލުގައި ޖެހި ހަފީޒް ވިއްސައިގެން ދިއުމުގެ ސަބަބުން ވަނީ ސީރިއަސް ޒަހަމްތަކެއް ލިބިފަ އެވެ.

އޭޑީކޭގައި ހަފީޒަށް ފަރުވާދެމުން އަންނައިރު އަދިވެސް ހާލު ސީރިއަސް ކަމަށް މައުލޫމާތު ލިބެއެވެ. އަދި އާއްމު އެއާލައިނެއްގައި ބޭރަށް ނުގެންދެވޭތީ ހަފީޒް ބޭރަށް ގެންދިއުމަށް އެއާ އެމްބިއުލާންސެއް ހޯދުމަށް ފައިސާގެ އެހީތެރިކަން ހޯދުމުގެ މަސައްކަތް ހަފީޒްގެ އާއިލާއާއި ރަހުމަތްތެރިން މިހާރު އަންނަނީ ކުރަމުންނެވެ.

މިއަދާ ހަމައަށްވެސް ސައިކަލު ދުއްވި މީހާ ހައްޔަރު ނުކުރާތީ ވަރަށް ގިނަ ބަޔަކު ދިޔައީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ. އެއީ ލައިސަންސް ނެތް މީހެއް ކަމަށް ކުރިންވެސް ފުލުހުން ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް