ރިޔާސީ ކެންޑިޑޭޓް ކުރީގެ ރައީސް ޔާމީންގެ ރިޔާސީ ކެމްޕެއިން ހަރަކާތްތައް މިއަދު ރަސްމީކޮށް ފަށާނެ ކަމަށް ޕީޕީއެމުން ބުނެފިއެވެ.
ރައީސް ޔާމީން 2023 ކެމްޕޭންގެ ޚާއްސަ ހަރަކާތްތައް މާލެ ސަރަހައްދުގެ ދޮރުން ދޮރަށް ހިނގަން ފަށާނެ ކަމަށް ޕީ.ޕީ.އެމް އިން ބުނެފައިވެއެވެ. އަދި މި ހަރަކާތް ފަށާނީ މިއަދު މެންދުރު 1:45 ގައި ކަމަށް އެ ޕާޓީން ބުނެފައިވެއެވެ.
https://twitter.com/ProgressPartyMV/status/1675465280246673408
މީގެ ކުރިން ރައީސް ޔާމީންގެ ކެމްޕެއިން މެނޭޖަރު ކެޕްޓަން މުހައްމަދު އަމީން ވިދާޅުވީ އީދު ބަންދަށްފަހު ރައީސް ޔާމީންގެ ކެމްޕެއިން ހަރަކާތްތައް މުޅި ރާއްޖޭގައި ފެށުމަށް ނިންމާފައިވާ ކަމަށެވެ.
ކެމްޕޭނު ފަށާއިރު އެ ޕާޓީގެ ކެނޑިޑޭޓް، ރައީސް ޔާމީން މިވަގުތު ހުންނެވީ ޖަލުގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް