ހާލުގައި ޖެހުނު ޑިންގީއަކަށް އެމްއެންޑީއެފުން އެހީތެރިކަން ފޯރުކޮށްދީފި

އިންޖީނު ހުއްޓި ހާލުގައި ޖެހުނު ޑިންގީއެއްގައި ތިބި ބަޔަކަށް އެމްއެންޑީއެފުން އެހީތެރިކަން ފޯރުކޮށްދީފިއެވެ. އެމްއެންޑީއެފުން ބުނެފައިވާގޮތުގައި މި އެހީތެރިކަން ފޯރުކޮށްދީފައިވަނީ ގދ. ގައްދޫ ކައިރީ އޮ...

03 Jul 2023 | 05:44

އިންޖީނު ހުއްޓި ހާލުގައި ޖެހުނު ޑިންގީއެއްގައި ތިބި ބަޔަކަށް އެމްއެންޑީއެފުން އެހީތެރިކަން ފޯރުކޮށްދީފިއެވެ.

އެމްއެންޑީއެފުން ބުނެފައިވާގޮތުގައި މި އެހީތެރިކަން ފޯރުކޮށްދީފައިވަނީ ގދ. ގައްދޫ ކައިރީ އޮންނަ ފަޅު ރަށެއް ކަމަށްވާ ރަޅެއޮޑިގައްލާ ކައިރިއަށް އިންޖީނު ހުއްޓުނު ޑިންގީއެއްގައި ތިބި ބަޔަކަށެވެ. އެހީ ފޯރުކޮށްދިނީ އެމް.އެން.ޑީ.އެފް ސަދަން އޭރިއާ ކޯސްޓްގާޑް ފޯތު ސްކޮޑްރަންއިން ކަމުގައި އެމްއެންޑީއެފުން ބުނެއެވެ.

މި ހާދިސާގެ ރިޕޯޓް ރޭ 21:44 ހާއިރު އެމް.އެން.ޑީ.އެފް ކޯސްޓްގާޑަށް ލިބުމާއެކު، އެ ޑިންގީއަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ޓަކައި ސީ އެމްބިއުލާންސް އެ ސަރަހައްދަށް ދިޔަކަމަށާއި، ދެ މީހުންނާއެކު ދަތުރުކުރި ޑިންގީ ރަޅުއޮޑެގައްލާގެ ފަޅުތެރެއަށް ވެއްދުމަށްފަހު، އެ ޑިންގީން ދަތުރުކުރި މީހުން ވަނީ ގދ. ފަރެސްމާތޮޑާއަށް ރޭ 23:50 ހާއިރު ގެންގޮސްދީފައި ކަމަށް އެމް.އެން.ޑީ.އެފް އިން ހާމާކުރެއެވެ.

ޑިންގީން ދަތުރުކުރި އެ ދެ މީހުންގެ ހާލު ވެސް ރަނގަޅު ކަމަށްވެސް ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް