ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ދެވަނަ ދައުރު ނިންމާލި އިރު މުހިންމު މަސައްކަތްތަކެއް ނުނިމި ހުރީތީ ބޭއްވި ހާއްސަ ޖަލްސާ މިނެޓެއް ނުވަނީސް ނިންމާލައިފިއެވެ.
މިއަދު ހާއްސަ ޖަލްސާއެއް ބޭއްވީ މަޖިލިސް ދައުރު ނިންމާލިއިރު ކޮމިޓީތައް އެކުލަވާލުމުގެ މަސައްކަތާއި މަޖިލީހުގެ ގަވާއިދު އިސްލާހު ކުރުމާއި މަޖިލިސް ރައީސް އަދި ނައިބު ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ގެންދިއުމަށް ދައުރުން ބޭނުން ޖަލްސާތައް ބާއްވައިދޭން އެމްޑީޕީގެ ޕާލަމެންޓަރީ ގްރޫޕްގެ ލީޑަރު މުހައްމަދު އަސްލަމް ސޮއި ކުރައްވާ އެކަމަށް ބޭނުންވާ އަދަދަށް ސޮޔާއެކު މަޖިލީހަށް ހުށަހެޅުމުންނެވެ.
އެހެން ނަމަވެސް މިއަދުގެ ފެށުމާއެކު، ރިޔާސަތުގައި އިންނެވި ވިލުފުށީ ދާއިރާގެ މެންބަރު ހަސަން އަފީފް ވިދާޅުވީ ރައީސް ނަޝީދާއި އެމްޕީ އަހްމަދު ރަޝިދު މި ދިޔަ މަހުގެ 21 ވަނަ ދުވަހު އެމްޑީޕީން ވަކިވެވަޑައިގެންފައިވުމުން މަޖިލީހުގައި އެމްޑީޕީ ތަމްސީލުވާ ނިސްބަތަށް ބަދަލު އާންނާނެތީ، ދާއިމީ ކޮމިޓީތައް ެކުލަވާލަން މިހާރު ހުށަހަޅާފައިވާގޮތަށް ބަދަލު ގެންނަންޖެހޭ ކަމަށެވެ.
މި ޖަލްސާ މިނެޓެއް ނުވަނީސް ނިންމާލާފައިވާއިރު އެމްޑީޕީ ޕީޖީން އަންނަނީ މިކަމާއި ގުޅޭގޮތުން ނޫސްވެރިންގެ ބައްދަލުވުމެއް ބޭއްވުމަށް ތައްޔާރުވަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް