ލ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއާއި ދެމެދުގެ އަތޮޅުގެ ރަށްތަކަށް މެޓުން ރީނދޫ ސަމާލު ނެރެފިއެވެ.
ރީނދޫ މި ސަމާލު ނެރެފައިވަނީ ބޯކޮށް ވާރޭވެހުމާއެކު ގުގުރުން އަދި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައި ގަދަވާނެކަމަށް ލަފާކޮށެވެ.
މި ސަމާލު ނެރެފައިވަނީ ހެނދުނު 10:00 އިން މިއަދު 3:00 އާއި ދެމެދުގެ ވަގުތަށެވެ.
ލ އާއި އައްޑޫ ސިޓީއާއި ދެމެދުގެ އަތޮޅުތަކަށް ރީނދޫ ސަމާލު ނެރެފައިވާއިރު ހެނދުނު ހަތަކުން 10 އަށް ރީނދޫ ސަމާލު ނެރުނީ ތ. އަތޮޅުން ފެށިގެން ގއ. އަތޮޅާއި ދެމެދުގެ ރަށްތަކަށެވެ. އަދި 8:15 އިން ފެށިގެން 10:00 އަށް ގދ. އިން ފެށިގެން އައްޑޫ ސިޓީއާއި ދެމެދުގެ ރަށްތަކަށްވެސް ރީނދޫ ސަމާލު ނެރުނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް