ހުޅުމާލެ ފޭސް ދޭއްގައި ޕޮލިސް ސްޓޭޝަނެއް ހުޅުވައިފިއެވެ.
ފުލުހުންގެ މި ސްޓޭޝަން ހުޅުވާފައިވަނީ ހިޔާ ފްލެޓްތަކުގެ ތެރެއިން ހިޔާ އެޗް4ގެ ޓަވަރުގެ ގްރައުންޑް ފްލޯގައެެވެ.
މިކަމަށްޓަކައި މިރޭ ބޭއްވި ރަސްމިސްޔާތެއްގައި މި ސްޓޭޝަން ހުޅުއްވައިދެއްވީ ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަލީ ނަޒީރާއި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް އަބްދުލްމައްނާން ޔޫސުފެވެ.
ފުލުހުން ބުނެފައިވަނީ ހުޅުމާލޭ ފޭސް ދޭއްގައި ފުލުހުންގެ މަރުކަޒެއް ގާއިމުކުރެވުމަކީ ފުލުހުންގެ ހިދުމަތް އާންމުންނަށް ވީހާވެސް ގާތުން އަދި ފަސޭހަކަމާއެކު ދިނުމަށް ކުރަމުން އަންނަ މަސައްކަތުގައި މުހިންމު ފެށުމެއް ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް