ސިޓީ ކައުންސިލާ ހަވާލުކޮށްގެން ނުވިކަމަށްބުނެ އަމީނީމަގު ހަދަން އާރްޑީސީއާ ހަވާލުކޮށްފިއެވެ.
ވަކި ޕްރޮޖެކްޓެއްގެ ގޮތުގައި ކުރިއަށްގެންދިއުމަށް އާރްޑީސީއާ މި ޕްރޮޖެކްޓް ޕްލޭނިން މިނިސްޓްރީން މިއަދު ހަވާލުކޮށްފައިވާއިރު "މާލޭ ސްޓްރީޓް ސްކޭޕިން ޕްރޮޖެކްޓް" ގެ ނަމުގައި، އަމީނީ މަގު ހިމެނޭހެން މާލޭގެ ބޮޑެތި މަގުތަކުގައި ތާރުއެޅުމަށާއި އެހެން ބައެއް މަގުތައް މަރާމާތުކުރުމަށް ސިޓީ ކައުންސިލުން މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި ހަމަ އާރުޑީސީއާ ހަވާލުކޮށްފައިވެއެވެ.
ޕްލޭނިން މިނިސްޓްރީން ބުނެފައިވަނީ ހަމަ އެއް ނަމެއްގައި ޕްރޮޖެކްޓް ހިންގިނަމަވެސް މި ޕްރޮޖެކްޓާ ސިޓީ ކައުންސިލާ އެއްވެސް ގުޅުމެއް ނެތްކަމަށެވެ. މިއީ މިނިސްޓްރީން ހިންގާ ވަކި ޕްރޮޖެކްޓެއް ކަމަށެވެ.
އޮންލައިން ނޫސް "މިހާރަށް" މައުލޫމާތުދެއްވަމުން ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ވިދާޅުވީ ސިޓީ ކައުންސިލާ ހަވާލުކޮށްގެން އެ މަސައްކަތް ނުވި ކަމަށެވެ. މިހާރު އާރްޑީސީއާ މި މަސައްކަތް ހަވާލުކޮށްފައިމިވަނީ މިނިސްޓްރީން އިސްނަގައިގެން ކަމަށެެވެ.
މި މަޝްރޫއު އާރްޑީސީއާ ހަވާލުކުރި 84 މިލިއަން ރުފިޔާއަށެވެ. މަސައްކަތް ހަވާލުކޮށްފައިވަނީ 10 މަސް (210 ދުވަސް) ތެރޭގައި ނިންމަންޖެހޭ ގޮތަށެވެ.
މިނިސްޓްރީން ބުނެފައިވާގޮތުގައި މި މަޝްރޫއުގެ ދަށުން އަމީނީމަގުގައި 1.7 ކިލޯމީޓަރުގެ ތާރު އަޅާނެއެެވެ. އަދި ފެން ހިންދާ ނިޒާމެއް ގާއިމުކޮށް މަގުބައްތިވެސް ބަހައްޓާނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް