ވަންދޫ ޑަބްލިއުޑީސީ ގައި ވާދަކުރަަ ކެންޑިޑޭޓަށް ތާއީދު ހޯދުމަށް އެމްއެންޕީގެ ނައިބު ރައީސް ރިޔާޒު ވަންދޫއަށް ދަތުރެއް ކުރައްވައިފި

ތ. ވަންދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ ބައި-އިލެކްޝަންގައި މޯލްޑިވްސް ނެޝަނަލް ޕާޓީގެ ފަރާތުން ވާދަކުރައްވާ ކެންޑިޑޭޓް ޚަދީޖާގެ ކެމްޕޭން ފެށުމަށް އެރަށަށް އެމްއެންޕީގެ ނާއިބު ރައީ...

03 Jul 2022 | 11:00

ތ. ވަންދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ ބައި-އިލެކްޝަންގައި މޯލްޑިވްސް ނެޝަނަލް ޕާޓީގެ ފަރާތުން ވާދަކުރައްވާ ކެންޑިޑޭޓް ޚަދީޖާގެ ކެމްޕޭން ފެށުމަށް އެރަށަށް އެމްއެންޕީގެ ނާއިބު ރައީސް ޢަބްދުﷲ ރިޔާޒު ދަތުރުފުޅުއް ކުރައްވައިފިއެވެ.

ޖުލައި 23 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ބައި-އިލެކްޝަންގައި އެމްއެންޕީގެ ޓިކެޓުގައި ވާދަކުރައްވަނީ ތ. ވަންދޫ މުސްކާން، ޚަދީޖާ މުޙައްމަދެވެ.

މިދިޔަަ ހަފްތާ ބަނދުގައި ކުރެއްވި މިދަތުރުފުޅުގައި އެމްއެންޕީގެ ކެންޑިޑޭޓް ޚަދީޖާގެ ކެމްޕެއިން ލޯންޗްކޮށް ޚަދީޖާގެ ކެމްޕޭން ޕޯސްޓަރ ހަރުކުރަން ފައްޓަވައިދެއްވީ ރިޔާޟްއެވެ.

އެ ރަށުގެ ގިނަ ސަރަހައްދުތަކެއް ގައި ޕޯސްޓަރ ހަރުކޮށް، އެމްއެންޕީގެ ޓީމުން ކެމްޕޭންގެ މަސައްކަތް ބާރުދުވެލީގައި ކުރިޔަށް ގެންދާއިރު، މިދަތުރުގައި އެމްއެންޕީގެ ކެންޑިޑޭޓް ޚަދީޖާގެ ކެމްޕޭންގެ ގިނަ ހަރަކާތްތަކެއް ވަނީ ކުރިޔަށް ގެންގޮސްފައެވެ.

އެގޮތުން، ޑޯޓުޑޯ ހަރަކާތުގައި ގިނަ ގޭގެއަށް ޒިޔާރަތްކޮށް ޚަދީޖާއަށް ތާޢީދު ހޯދުމުގެ ގޮތުން ގިނަ މަސައްކަތްތަކެއް ދަނީ ކުރަމުންނެވެ. އަދި ޚަދީޖާގެ ކެމްޕޭން ޓީމާއި ޕާޓީއަށް ހެޔޮ އެދިލައްވާ ފަރާތްތަކާއެކު ހަވީރު ސަޔެއް ވެސްް ވަނީ ބާއްވާފައެވެ.

މިބައްދަލުވުމުގައި ރިޔާޟް ވަނީ އެބޭފުޅުން ކުރައްވަމުން ގެންދަވާ މަސައްކަތަށް ޝުކުރު އަދާކުރައްވާ، ޚަދީޖާގެ ކެމްޕޭން ކާމިޔާބުރުމަށް ހުރިހާ ބޭފުޅުން ވެސް ވަރުބަލިކަމެއް ނެތި މަސައްކަތްކުރުމަށް ހިތްވަރުދެއްވާފައެވެ.

އެމްއެންޕީގެ ނާއިބު ރައީސް ރިޔާޟް އަދި ޕާޓީގެ ޓީމުން ވަންދޫގެ ކެމްޕޭން ފެށުމަށް މިިކުރި ދަތުރުގައި ނިންމާލީ ވަންދޫގެ ސިޔާސީ މަސައްކަތަށް ފަރިތަ ބޭފުޅުންތަކެއް އެމްއެންޕީއާ ގުޅުމުގެ އުފަލާވެސް އެކުގައެވެ.

ނާއިބު ރައީސް ރިޔާޟް ފާހަގަކުރެއްވި ގޮތުގައި ޢަބްދުއްރަޙްމާން ޢަބްދުﷲ އަދި އާމިނަތު މުޙައްމަދު ފަދަ ގިނަ ކެމްޕޭންތަކެއްގައި އެންމެ އިސް ސަފުގައި އުޅެ ތަޖުރިބާ ލިބިފައިވާ ބޭފުޅުން އެ ޕާޓީއާ ގުޅިވަޑައިގަތުމަކީ ވަންދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ ބައި-އިލެކްޝަން ކާމިޔާބު ކުރުމަށް ލިބިގެންދިޔަ ވަރަށް ބޮޑު ހިތްވަރެއް ކަމުގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް